އއ.މާޅޮސް -- ފޮޓޯ: ރަންފަރު

މޫދަށް ވެއްޓި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އއ. މާޅޮހުގައެވެ. އެކަން، އެ ރަށު ކައުންސިލް މެންބަރު އިސްމާއިލް ނަޞީރު ވަނީ "ޖަޒީރާ" އަށް ކަށަވަރުކޮށްދީފައެވެ. މިއީ އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ އެނާގެ ގެޔާ ދިމާލުން ރަށުގެ ދެކުނު ފަރާތު މޫދުގައި އޮއްވައެވެ. އެ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 05:50 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މިހާރު މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *