ޔޫއޭއީގެ ރަސް އަލް ޚައިމާހް ހާފް މެރަތަންގެ އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުން ޑރ. އައިޝަތު ޖިނާނީ އިބްރާހިމް (އީނު) އެއް ވަނަ ހޯދައި އެ އިވެންޓުގެ ރާއްޖޭގެ ގައުމީ ރެކޯޑް މުގުރާލައިފިއެވެ.މިއަދުގެ މީގެއިތުރުން ޖިނާނީ ވަނީ މުޅި ރޭހުން ދެ ޖިންސު އެއްކޮށް ނުވަ ވަނަ ހޯދައިފަ އެވެ
ޖިނާނީ ރޭސް ނިންމާފައިވަނީ 20:34 މިނެޓުންނެވެ.މިއީ 2017 ވަނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި މަރިޔަމް އަބްދުލްކަރީމް (މަރީ) ރެކޯޑް ހެދި ޓައިމިން އަށް ވުރެ 14 ސިކުންތު އަވަހެވެ. މަރީ ވަނީ މިދިޔަ އަހަރުގެ ދިރާގު ރޭހުގައި އެއަށް ވުރެ އަވަސް ޓައިމިންއެއް ކަމަށްވާ 20:14 މިނެޓުން ފަސް ކިލޯމީޓަރު ރޭސް ދުވެފަ އެވެ. އެހެންނަމަވެސް އެރެކޯޑް މަރީ އަށް ނުލިބުނީ ޓެކްނިކަލް ސަބަބަކާ ހުރެ އެސޯސިއޭޝަނުން އެ ރެކޯޑް ވެރިފައިކޮށްފައިނުވާތީވެ ކަމަށް މައުލޫމާތުލިބެއެވެ.
ސައިކޮލިޖިސްޓެއްގެ ގޮތުގައި ފުލް ޓައިމް ވަޒީފާއަދާކުރަމުން އޭނާ ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު، އަދި ބައެއް ދުވަސްދުވަހު ހެނދުނާ ހަވީރު ދުވުމުގެ ތަމްރީންހަދައެވެ. ޖިނާނީ ވަނީ ސްކޫލް ދައުރުވެސް އިންޓަރ ސްކޫލް މުބާރާތުގައި އަމީނިއްޔާ ޓީމަށް މިޑްލް ޑިސްޓެންސް ރޭސްތައް ދުވެ ވަނަ ގެނެސްދީފަ އެވެ.
ޖިނާނީ މީގެ ފަސްމަސް ކުރިން ތަމްރީނަށް ދާން ފެށީ، އަމީނިއްޔާގައި ވެސް ކޯޗުކޮށްދިން ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއިލް ގާތަށްށެވެ. ނަސީރު ބުނެފައިވާގޮތުގައި ޖިނާނީގެ ކާމިޔާބީ އާމެދު އޭނާ އެންމެއުފާވަނީ ޖިނާނީ ރެކޯރޑް ހެދުމުން ނޫން ކަމަށާއި ރޭހުން އެއްވަނަ ހޯދުމުން ކަމަށް ވަނީ ބުނެފައެވެ.