ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުން ޖާގަ ރާއްޖޭގެ އެއްވަަނަ ލިބިފައިވާ ބެޑްމިންޓަން ކުޅުންތެރިން ކަމުގައިވާ ހުސެއިން ޒަޔާން ޝަހީދު ޒަކީ އަދި ފާތިމަތު ނަބާހާހޯދައިފިއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ކުޅުންތެރިން ޔޫގެންޑާ މުބާރާތުގައި ވާދަކޮށްފައިވާއިރު މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރަނީ އަންހެން ސިންގަލްސް އާއި ފިރިހެން ސިންގަލްސް އަދި މިކްސް ޑަބަލްސްގައެވެ.

ޒަޔާން އާއި ނަބާހާގެ ޕެއާ ސެމީފައިނަލަށް ދަތުރުކުރީ  ޔޫގެންޑާގެ ޕެއާ އެއް ކަމަށްވާ ޖޯޑަން ނިވަގާބާ އާއި ކެރޮލިން ނެގޮޔަންބާ އަތުން  21-03 ހުން މޮޅުވެ އަދި 21-05 މޮޅުވުމަށްފަހުއެވެ. 

ކުއާޓާ ފައިނަލުގައި ކެންޔާގެ އެއްވަނަ ޕެއާ ކަމަށްވާ ޖޯން ވަނިއޯކީ އާއި މާސީ ޖޯސެފްގެ ޕެއާ ބަލިކުރީ ފޯރިގަދަ މެޗަކަށް 21-19، 21-15 ސެޓުތައްގެންގޮސްގެންނެވެ.

ޒަޔާން އާއި ނަބާހާ ވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް އިން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލް ހޯދާދީފައެވެ. މީގެ އިތުރުން ވެސް ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކުންނާއި ބައިނަލްއަގްވާމީ މުބާރާތްތަކުން ޒަޔާން އާއި ނަބާހާ ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައި ފަހަރަކަށް ވުރެން ފަހަރެއް ނަތީޖާ ރަނގަޅުކޮށްފައެވެ.

ޒަޔާން އާއި ނަބާހާގެ ޕެއާ އިންޑިއާގެ ކޯނާ ތަރުން އާއި ޖައްކަމްޕޫޑީ މޭގްނާއާ ބައްދަލުކުރާމެޗު މިއަދު އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *