ލީކު ކޮށްލާފައިވާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށްބުނާ މީހާގެ އޯޑިއޯގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކުގެ މައްސަލަ ބައްލަވައި ދެއްވުމަށް އެކަމަނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިލައްވައިފިއެވެ.

ލީކް ކޮށްލާފައިވާ އޯޑިއޯތަކުގެ ތެރެއިން ތިންވަނައަށް ލީކްކޮށްލި އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާ ވަނީ ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށް ފޯނުން ގުޅުއްވުމަށްފަހު، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ބޭއަދަބީ ވާހަކަތަކެއް ދައްކާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އަދި މިހާތަނަށް މިކަންކަމާއި ގުޅޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޖިންސީ ގޯނާއާ ފުރައްސާރައިގެ އަމަލުތަކަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ސަރުކާރުން ބުނާއިރު،  މިފަދަ މައްސަލައެއްގައި ސަރުކާރާ، މަޖިލީސް ހިމޭނުން އޮތުމުން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

އޯޑިއޯގައި ޖިނާއީ އަމަލަކަށް ތުހުމަތު ކުރެވޭ މުއާމަލާތެއް ހިމެނޭތީ އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

މި އޯޑިއޯތަކާ ގުޅޭ ގޮތުން، ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހީމް ދާދި ފަހުން ވިދާޅުވީ، މި ކަމުގައި ގޮތް ނިންމަވާނީ ރައީސް ސޯލިހު ކަމަށެވެ. ގާސިމް އެހެން ވިދާޅުވީ، އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ޖޭޕީގެ ކައުންސިލް މެންބަރަކު، ސުވާލު ހުށައެޅުއްވުމުން އެސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ލީކްވެފައިވާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއްނޫންކަމަށް ވިދާޅުވެ އެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ ކަމަށާއި އެގޮތުން އޭނާގެ މައްޗަށް ވެސް ތަހުގީގެއް ހިންގަވަން އެދޭ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *