ބޮޑުތަކަރުފާނު މަގުގެ ބައެއް ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައި -- ފޮޓޯ: އަވަސް

ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީޕީއެމް އޮފީސް ސަރަހައްދު ބަންދު ކޮށްފައިވަނީ މިއަދު އިދިކޮޅު ކޯލިޝަނުން ކުރުމަށް ނިންމާފައިވާ މުޒާހަރާ އާ ގުޅިގެންނެވެ.

ޕީޕީއެމް އޮފީސް ހުންނަ ބޮޑުތަކުރުފާނު މަގުގެ ބައެއް ފުލުހުން ބަންދުކޮށްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. އެގޮތުން، މެންދުރުން ފެށިގެން ފުލުހުން ދަނީ ބެރިކޭޑް ޖަހައިގެން އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް މީހުން ހުއްޓުވަމުންނެވެ.

ކޮވިޑް-19 މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާއިރު، ރޭ އެޗްޕީއޭ އިން ވަނީ އެއް ފަހަރާ އެންމެ ގިނަ ވެގެން އެއްވެ އުޅެވޭނީ ފަސް މީހުން ކަމަށް ބުނެފައެވެ. އަދި، އެޗްޕީއޭ ގެ ގައިޑްލައިންސް ތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

ފުލުހުން މިހެން ބުނެފައިވަނިކޮށް، މިދިޔަ ހަފްތާގެ ހުކުރު ދުވަހުވެސް އިދިކޮޅުންވަނީ އެޗްޕީއޭ ގެ ގައިޑްލައިންސް ތަކާއި ހިލާފަށް މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާއިން އިދިކޮޅު ކޯލިޝަންގެ އިސް ބައެއް މީހުން ހިމެނޭހެން 32 މީހަކު ހައްޔަރުކުރި ނަމަވެސް، ޖޫރިމަނާ ކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *