ޗައިނާގައި ޑިސެމްބަރު މަހު ފަހުކޮޅު ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަސް، ކޮވިޑް-19 މިހާރު  30 ގައުމަކަށް ފެތުރިފައިވާއިރު ކޮރޯނާވައިރަސް އަލަށް ޖެހޭ މީހުންގެ އަދަދު ޗައިނާގައި ދަށަށް ދާން ފަށާފައިވާކަމަށާއި، ނަމަވެސް ބައެއް އެހެން ޤައުމުތަކުގައި ބަލިފެތުރޭ މިންވަރު މައްޗަށްޖެހޭތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޗައިނާގެ އިތުރުން މިވައިރަސް 30 ޤައުމަކުން ފެނިފައިވާއިރު މެދުއިރުމަތިން ކޮރޯނާވައިރަސް ފެނި އީރާނުން އެކަނި ވަނީ ހަ މީހުން މަރުވެފަ އެވެ. 

ލުބުނާނުންނާއި އިޒްރޭލުން ވެސް ވައިރަސް ފެނިފައި ވާއިރު އިޓަލީގެ 10 އަވަށެއް ކަރަންޓީންކޮށް، އިޓަލީގެ ގާތްގަނޑަކަށް ބައި ލައްކަ މީހުންނަށް ވަނީ ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އަންގާފައެވެ. މީގެއިތުރުން އިޓަލީގައި ވައިރަސްޖެހިގެން 2 މީހަކު މަރުވެފައިވާކަމަށް ރިޕޯރޓްލިބެއެވެ.

ސައުތު ކޮރެއާ އިން ދެމީހަކު މަރުވެފައިވާ އިރު އެ ގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 433 އަށް އަރައިފައެވެ.

އީރާނުން އެންމެ ފުރަތަމަ ވައިރަސް ފެނުނު ގުމް ޕްރޮވިންސްގެ ސްކޫލްތަކާއި ޔުނިވާސިޓީތައްވެސް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން އީރާނުން ވަނީ އިރާގު ބޯޑަރު ބަންދުކޮށް، ކުވޭތުން އީރާނަށް ދަތުރު ކުރުން މަނާކޮށްފަ އެވެ. އީރާނުން އިއްޔެ އެކަނި 10 މީހުންނަށް ވައިރަސް ޖެހިފައިވާއިރު އެ ގައުމުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28 އަށް އަރައިފަ އެވެ.

ކޮރޯނާވައިރަސް ޖެހިގެން  ޗައިނާގައި މިހާތަނަށް ވަނީ 2442 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނި ވަނީ 97 މީހުން މަރުވެފަ ކަމަށާއި އޭގެ ތެރޭން އެކަކު ފިޔަވައި އެންމެން ވެސް މަރުވެފައި ވަނީ ހުބެއި ޕްރޮވިންސްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.