ޅ. ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފެބުރުއަރީ 21 ވަނަ ދުވަހު 17:15 ހާއިރު ޓެރަރިޒަމްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލައަކީ މި މަހުގެ 21 ވަނަ ދުވަހު ޅ. ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްކަމުގައި މައުލޫމާތުލިބެއެވެ.

މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނައިފަރުގައި ދިރިއުޅޭ ތިން މީހަކު އިއްޔެ ބަލައިފާސްކޮށް، އެމީހުންގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މިމައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނެރެފައިވަނީ މުދަލާއި، ލިޔެކިޔުމާއި މައުލޫމާތާއި ތަކެތި ހޯދައި ހިފެހެއްޓުމުގެ އަމުރެެއް ކަމަށާއި އަދި އެ އަމުރު ނެރުމުގެ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން ބަޔަކު މީހުން ނައިފަރުގައި ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށްވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *