އަމިއްލައަށް ތައްޔާރުކުރި ރޮކެޓެއް ފޮނުވާލަން އުޅުމުގެ ތެރޭގައި މައްޝޫރު "ޑެއަރޑެވިލް" މައިކް ހިއުސް މަރުވެއްޖެއެވެ.

އެޕަލްވެލީއަށް އުފަން އުމުރުން 65 އަހަރުގެ ހިއުސް ރޮކެޓުގައި ވެއްޓިފައިވަނީ ސެން ބަރނަޑިނޯ ކައުންޓީގެ ހަނަފަސް ސަހަރާއަކަށެވެ.

ޓްވީޓަރގައި ދައުރުވާ ވީޑިއޯއެއްގައި ފެންނަގޮތުން ރޮކެޓް ނައްޓާލުމަށްފަހު އިރުކޮޅެއްތެރޭގައި ވައިކުޑަ ހުޅުވި ރޮކެޓް ވެއްޓޭތަން ފެނެއެވެ.

މިކަމާ ގުޅިގެން ސައިންސް ޗެނަލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިހިތާމަވެރި ވަގުތު ހިއުސް ގެ އާއިލާއާއެކު އެމީހުން ވާކަމަށާއި، އަމިއްލަ ރޮކެޓެއް ފޮނުވާލުން އެއީ ހިއުސް އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމަށެވެ.

ހިއުސްގެ ގޭގައި އޭނާ އަމިއްލައަށް ތައްޔާރުކުރި މިރޮކެޓަކީ ސައިންސް ޗެނަލުގެ ސީރީޒް އެއްކަމަށްވާ "ހޯމްމޭޑް އެސްޓްރޮނޯޓް" އަށް ތައްޔާރުކުރި ރޮކެޓެއްކަމަށް ޑިސްކަވަރީޗެނަލްގެ ވެބްސައިޓުގައި ވަނީ ބަޔާންކޮށްފައެވެ.

ހިއުސް އަދި ވަލްޑް ސްޓޭކްސް މަސައްކަތް ކުރަމުން އައީ 5،000 ފޫޓު މައްޗަށް ފޮނުވާލެވޭފަދަ " ސެލްފް-މޭޑް ސްޓީމް ޕަވަރޑް" ރޮކެޓެއް ތައްޔާރު ކުރުމަށެވެ. ހިއުސް ބޭނުންވީ ރޮކެޓުގެ އެހީގައި 62 މޭލަށް ދަތުރުކޮށް ދުނިޔޭގެ ފަށަލަ އާއި ޖައްވުގެ ފަށަލަ ގުޅޭ ހިސާބަށް ދިއުމަށެވެ.

ހިއުސްގެ ރޮކެޓް ފޮނުވާލުމަށްފަހު އެތަން ބަލަން އޭނާގެ އަންހެނުން އަދި އެކުވެރިއެއްކަމުގައިވާ ސެޓޭކްސް އެތަނުގައި ތިބިކަމަށް ހަބަރު ލިބެއެވެ.

މައިކް ހިއުސް ވަނީ 2002 ވަނައަހަރު ލިންކަން ޓައުންގައި ލިމޮޒީން އަކުން 103 ފޫޓުމަތިން ފުންމާލައިގެން ގިނީސް ވޯލޑްރެކޯޑު ފޮތުން ޖާގަހޯދާފައެވެ. ހިއުސްގެ އެންމެ ފުރަތަމަ ރޮކެޓް އޭނާ ތަައްޔާރުކުރީ 30 ޖެނުއަރީ 2014 ވަނައަހަރުއެވެ. އެފަހަރު ހިއުސް ރޮކެޓް ފޮނުވާލީ 1،374 ފޫޓު މައްޗަށްކަމަށާއި، ރޮކެޓް ވެއްޓި ލިބުނު އަނިޔާގެ ސަބަބުން 2 ހަފްތާވަންދެން، މީހެއްގެ އެހީއާއި ނުލާ ހިނގާއުޅެން ދަތިވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *