ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ކެންޕޭން ހުކުރު ދުވަހުގެ ރޭ ފެށުމަށް ނިންމައިފި އެވެ.މިއިންތިހާބުގައި އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން 675 ކެންޑިޑޭޓުން ވާދަކުރާނެ ވަނީ ބުނެފައެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ހާއްސަ ޖަލްސާއާއިކާއެކު ކައުންސިލް އިންތިހާބުގެ ކެންޕެއިން އެ ޕާޓީން ފަށާނެ ކަމަށެވެ.

"މި ކެންޕެއިން، ޕީޕީއެމްގެ ތާރީހުގައިވެސް ތައްޔާރުނުވާ މިންވަރަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން. އެގޮތުން ކެންޕެއިން ލޯންޗިންއަކީވެސް ތަފާތު ޖަލްސާއަކަށް ވެގެންދާނެ. ތަފާތު ގިނަ ކަންތައްތައް އެ ޖަލްސާއިން ދިވެހި ރައްޔިތުންނާ ބައްދަލްކުރާނެ." ޝުޖާއު ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ  ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް އެޕާޓީގެ ޓިކެޓަށް އެދި ގިނަ އަދަދެއްގެ މެންބަރުން އެދުމަކީ ރައީސް ޔާމީނަށް ރާއްޖޭގައި އޮތް ތާއީދު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ރައީސް ޔާމީން މިނިވަން ކުރުމަށް މެންބަރުން ބޭނުންވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.އަބްދުއްރަހީމް ވަނީ ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުންވެސް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ގޮވާލާފައެވެ. އަދި މިއީ ގައުމު މިހާރު އޮތް ހާލަތުން ބަދަލު ކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމުން ބުނީ ހުކުރު ދުވަހު ކެންޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާ ބޭއްވި ނަމަވެސް އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕީޕީއެމް ޕީއެންސީގެ ޓީމުތައް ދަތުރުކުރާނެ ކަމަށެވެ. އެގޮތުން މިމަހުގެ 24 ފެށިގެން 27 އަށް އައްޑޫ ސިޓީއަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ބޮޑެތި ހުރިހާ އަތޮޅުތަކަށް ޕީޕީއެމް/ޕީއެންސީގެ އިސް ސަފުގައި ތިބި ފަރާތްތަކުން ދަތުރުކޮށް ކެންޑިޑޭޓުންނަށް ކެންޕެއިން ކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *