ހދ.ވައިކަރަދޫއަށް މިއަދު އިރުއޮއްސި 6:00 ކަންހާއިރު ، އެރަށު ބަނދަރު ކައިރިއަށް ކިނބުލެއް ލައްގައިފައި ވަނިކޮށް އެރަށު ޒުވާނަކަށް ފެނިއްޖެއެވެ. އެރަށަށް ކިނބޫ ލެއްގިއިރުވެސް ވަނީ މަރުވެ ކުނިވެފައިކަމަށް މައުލޫމާތު ލިބެއެވެ.
ދިގުމިނުގައި ނިގުލާއިއެކު 4 ފޫޓުހުންނާނެ ކަމަށް ބެލެވޭ ކިނބޫ މިހާރުވަނީ ވަޅުލާފައެވެ. ވައިކަރަދޫ އިން ކިނބޫ ފެނުމުން އެކަން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ރަށްތަކުން ކިނބޫވަނީ ފެނިފައެވެ.