ޔުއެފާ ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި އިންޓަ މިލާން މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލަކަޒެޓްއެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ލަކަޒެޓް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އޮލިމްޕިއާކޯސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. 

އާސެނަލް ރޭގެ މެޗުގައި މޮޅުވީ 1-0 އިންނެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ރޭ އެއްވަރުވީ ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ ބައްދަލުކޮށް 1-1 އިންނެވެ. އިންޓަ މިލާން ރޭ މޮޅުވީ ލުޑޮގޮރެސްޓްއާ ބައްދަލުކޮށް 2-0 އިންނެވެ. މި މެޗުގައި އިންޓަގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަން އާއި ރޮމެލޫ ލުކާކޫއެވެ.

ބެލްޖިއަމްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި ޑެނިސް ވަނީ ބްރޫޖަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބްރޫޖަށް މި މެޗުން މޮޅުވާން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ ކުޅުންތެެރިއަކު ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތަށް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *