ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭން ފެށުމަށް މާލޭގައި ރޭ އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގެ ގިނަ ގޮނޑިތައް ހުސްކޮށްހުރުމުން އެކަމާ ގުޅުވައި ރައްޔިތުންގެ މަޖިލިސްގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޓްވީޓަރގައި ލަވައެއް ހިއްސާކޮށްފިއެވެ. 

"ވައުދު އުވާލާ ކުރި ހުވަޔާ އިޤްރާރް އުވާ ދިއުމުން ލޯބި އޮޔާ ނުދާނެބާ"؟ޖަާބިރު ވަނީ ޓްވީޓް ކުރައްވާފައެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާ އަށް ދުރާލައި ބޮޑެތި ތައްޔާރީތަކެއްވެ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގަންނަވާކަން ހާމަކޮށް، ބޮޑެތި ޕްރޮމޯޝަންތަކެއް ބޭއްވިނަމަވެސް ވަރަށް ގިނަ ގޮނޑިތައް ހުރީ ހުހަށެވެ.

މިކަމާގުޅުވައިގެން ސޯޝަލް މީޑިއާގައި ދަނީ އެމްޑީޕީއަަށް އަމާޒުކޮށް ގިނަ ފާޑުކިއުންތައް ކުރިމަތި ކުރަމުންނެވެ. އެއްބަޔަކު ހިތާހިތުގެ ގުޅުން ފަނޑުވެއްޖެ ކަމަށް ބުނަމުން ދާއިރު އަނެއް ބަޔަކު ބުނަމުންދަނީ ލޯބިއޮޔާ ގޮއްސިކަމަށެވެ.

ރަށްވެހި ފަތިސް ޖަލްސާ އަށް ފިނި ތަރުހީބެއް ލިބުނުކަން ބަލައިގަންނަ ކަމަށާއި އެގޮތަށް އެކަން ދިމާވީ، މީހުންގެ އުއްމީދުތަކުގައި މި ސަރުކާރަށް ކުލަ ޖައްސަައި ނުދެވުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުއްލި ގޮތަކަށް މިއަދު ބޭއްވެވި ނިއުސް ބްރީފިންއެއްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ސަޕޯޓަރުން މިކަމާ ގުޅިގެން ބުނަމުން ދަނީ، މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީން ވި ވައުދުތައް އަދިވެސް ސަރުކާރަށް ފުރިހަމަ ކޮށްނުދެވޭ ކަމަށާއި ޚާއްސަކޮށް އެ ޕާޓީ އަށް ބޮޑެތި ގުރުބާނީތަކެއް ވި މީހުން އެކަހެރި ކޮށްފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *