ހާމިދު އަބްދުލް ޣަފޫރު ފޮޓޯ: ސަން

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ 'ޕޮލިސް ބޯޑް' އަށް އާއްމުންގެ ފަރާތުން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޢަފޫރު އައްޔަންކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީ އިން ރުހުންދީފިއެވެ.

ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީއަށް ފަސް ނަމެއް ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ރުހުން ދިނުމަށް ފާސްވީ ހަމައެކަނި ހާމިދުގެ ނަމެވެ.

ޕޮލިސް ބޯޑަށް އާންމުގެ ތެރެއިން ކުރިމަތިލައިފައިވާ ފަރާތްތައް

1. ލަބީގް މުހައްމަދު މާހިދު / މ. މަނަދޫވިއު
2. ޒުބައިރު އަހުމަދު މަނިކު / ގ. މަލްވިނަ
3. ޒީނަތު އަލީ / ދަފްތަރު ނަންބަރު 1626
4. އަލީ މުހައްމަދު މަނިކު / ދަފްތަރު ނަންބަރު 1851
5. ހާމިދު އަބްދުލް ޣަފޫރު / ހ. ޝޭޑީ ކޯނަރު

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ހާމިދަށް ރުހުން ދިނުމަށް ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ނިންމާފައެވެ. ބާކީ އިން ހަތަރު ނަމަށް ރުހުން ދޭން ނުފެންނަ ކަމަށް ކޮމިޓީ އިން ނިންމާފައިވާއިރު، އަނެއްކާވެސް ޕޮލިސް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބެލެވެއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މި ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި، ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންގެ މައްޗަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *