"ފްރެޑްސް" ގެ އާއެޕިސޯޑެއް ބެލުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރު ވަމުން ދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިއެޕިސޯޑް ދެއްކުމަށް ވަކި ދުވަހެއް އަދި ނިންމާފައި ނުވިކަމުގައިވިޔަސް، އަންނަ މޭމަހު އެޗްބީއޯގެ މެކްސް ސްޓްރީމިންގ ސަރވިސް މެދުވެރިކޮށް މިއެޕިސޯޑް ދައްކަންހަމަޖެހިފައިވާކަމަށް ވަނީ އެނގިފައެވެ.

އަލަށްނެޜޭ އެޕިސޯޑުގައި ކުރިން ފްރެންޑްސްގެ އެޕިސޯޑް ތަކުން ފެނިގެންގޮސްފައިވާ ޖެނިފަރ އެނިސްޓަން(ރޭޗަލް )، ކޯޓްނީ ކޮކްސް( މޮނިކާ )، ލީސާ ކުޑްރޯ( ފީބީ )، މެތް ލެބްލޭންކް( ޖޯއީ )، މެތިއު ޕެރީ (ޗެންޑްލަރ) އަދި ޑޭވިޑް ޝްވިމަރ (ރޮސް) ވެސް ފެނިގެންދާނެއެވެ.

ޕެރީ ވަނީ މިކަން ކަށަވަރުކޮށްދީ އިންސްޓަގްރާމްގައި 1990 ގައި ހުރިހާ ތަރިން އެކީގައި ނަގާފައިވާ ފޮޓޯއެއްގައި " އިޓްސް ހެޕަނިންގް " ޖެހުމަށްފަހު ހިއްސާކޮށްފައެެވެ. އަދި ފްރެންޑްސްގެ އެހެންތަރިންވެސް މިޕޯސްޓު ހަމަމިގޮތަށް ވަނީ ހިއްސާކޮށްފައިވެއެވެ.

1994 ވަނައަހަރާއި 2004 ވަނަ އަހަރާއި ދެމެދުގައި ޓީވީ ތަކުން ފެނިގެންދިއަ މިޝޯއަކި މަޖާ ޓީވީ ސީރީޒްއެކެވެ. 6 އެކުވެރިންގެ ހަޔާތުގައި ދިމާވާކަންތައްތައް މަޖާ ގޮތަކަށް ދައްކުވައިދީފައިވާ މިސީރީޒް އަކީ ޔޫކޭގެ އެންމެ މަޤުބޫލް އަދި ނެޓްފްލިކްސްގެ ދެވަނަ އަށް އެންމެ މައްޝޫރު ޝޯއެވެ. 10 ސީޒަން ހިމެނޭ މި ސީރީޒް ގެ އެންމެފަހު ޝޯ އެމެރިކާއިން އެކަނި 52.5 މިލިއަން މީހުން ބަލާފައިވެއެވެ. އެހެންކަމުން މިސޯވަނީ 2000 ވަނައަހަރު އެންމެގިނަ މީހުން ބެލި ޝޯގެގޮތުގައި ފާހަގަވެފައެވެ.

ފްރެންޑްސް ގެ ތަރިން އާއުފެއްދުމަކާ އެކު އެނބުރި އަންނައަޑުތައް މީގެ ކުރިންވެސް ވަނީ އިވިފައެވެ. އަދި އޮކްޓޯބަރ މަހު ޖެނިފަރ އެނިސްޓަން އިންސްޓަގްރާމްއަށް، ފްރެންޑްސްގެ ހުރިހާ ތަރިންއެކީގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރުމުން އެއަޑުތައް އިތުރަށް ގަދަވަމަުން ދިޔައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *