ނައިޓްފިޝިންގ އަށް ގޮސްއުޅެނިކޮށް ރޭ 22:30 ހާއިރު ކޮށްދިއްޕަރު ފަރަށް އެރި ދޯނި ފުންކޮށްފިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިދޯނި ފުންކޮށްފައިވަނީ ރޭ 23:40 ކަންހާއިރުގައެވެ.
މިދޯނީގައި 6 ފިރިހެނުންނާއި 3 އަންހެނުން ހިމެނޭގޮތަށް ޖުމްލަ 9 މީހަކު ތިބިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދޯނީގައި ތިބި މީހުންގެހާލު ރަނގަޅުކަމަށާއި އުޅަނދަށް ގެއްލުމެއްލިބިފައި ނުވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އެދޯނި ވަނީ ކޯސްޓްގާޑް ގެ ލޯންޗަކާއިއެކު ދަތުރުކޮށް މާލެ ގެނެވިފައިކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.