މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ލޯކަލް ކައުންސިލް ތަކުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ، މިއަހަރުގެތެރޭގައި 500 އަށްވުރެއްގިނަ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ކައުންސިލްތަކުގެ އެންމެ މުހިންމު ކަމަށް ވާންވާނީ ރައްޔިތުންނާ ގާތުން މަސައްްކަތް ކުރުން. ސަރުކާރުން ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުން. މި ހިނގާ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫއު ސަރުކާރުން ހިންގުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ

މީގެއިތުރުން ކައުންސިލްތަކަށް އިންތިހާބުވާ މެންބަރުން އެންމެ ހާއްސަ އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމާ ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި އެއްބާރުލުން ދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ، މަރުކަޒީ ކުރެވިގެން މަޝްރޫއުތައް އެއްފަރާ ހިންގުމަކީ ނާދިރު ކަމެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަރުކަޒީކޮށް މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކަށްވެގެން ދިޔައީ އެ ރަށްތަށް ފަޅުވެ މާލެއަށް މީހުން ތޮއްޖެހުން ކަމަށެވެ. 

އެހެންކަމުން ލާމަރުކަޒީ ނިޒާމު ތަންފީޒުވުމުން މާލެތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *