އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް

އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓް ގައި ވާދަކުރާ ކެންޑިޑޭޓުންނަށް، ނަން އަނބުރާ ގެންދިޔުމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތަކެއް ކޮށްފި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 47 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރުމަށް ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވަނީ އިދިކޮޅުގެ ކެންޑިޑޭޓުންނަށް ސަރުކާރުގެ އިތުރުން އިލެކްޝަން ކޮމިޝަން (އީސީ) އިން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ނަން އަނބުރާ ގެންދަން ހުށަހަޅާފައިނުވާ ކެންޑިޑޭޓުންނަށް، ނަން ނެގުމުގެ އިޖުރާތްތައް ފުރިހަމަ ކުރަން އީސީން ކެންޑިޑޭޓުންނަށް ގުޅަމުންދާ ކަމަށް ބުނެ ލިބޭ ޝަކުވާ އެވެ. އެއީ ސީދާ ކޮން ކެންޑިޑޭޓެއް ކަމެއް ވިދާޅެއް ނުވެއެވެ.

އަޅުގަނޑުމެންގެ ކެންޑިޑޭޓަކަށް އިލެކްޝަނުން ގުޅާފައި އެބަ ބުނޭ ނަން ނަގަން ހުށައަޅާފައި އެބައޮތް ނޫންހޭ އިޖުރާތްތައް ފުރިހަމަކޮށްލަން ފޯމެއްގައި ސޮއެކޮށްލަން އެބަޖެހެއޭ. މިއީ ކެންޑިޑޭޓް ދެނަހުރި ކަމެއް ނޫން.

އޭނާ ވިދާޅުވީ، އެ މައްސަލަ ބަަލަމުންދާ ކަމަށް ބުނެ އީސީން ކެންޑިޑޭޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެހެން ކަންތައްތައްވުމުން މީގެ ކުރިން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔައީ ނުފޫޒެއްގެ ސަބަބުން ކަމާއި މެދު ޝައްކުތައް އުފެދޭ ކަމަށް ރަޝީދު އެވެ.

މިހާރު އަޅުގަނޑުމެންގެ ތެރޭގައި ނަން ނެގި ކެންޑިޑޭޓުންނަކީ އިލެކްޝަނުން ނޫނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އޮޅުވާލުމެއްގެ ތެރޭގައި ކޮށްފައި އޮތް ކަމާއި މެދު އަޅުގަނޑުމެން ޝައްކު އުފެދޭ ހިސާބަށް ހިނގައްޖެ

އިންތިހާބުގައި ވޯޓުލާން ރީ ރަޖިސްޓަރީވާން އިއްޔެ ވަނީ ހުޅުވާލާފަ އެވެ. ރަޝީދު ވިދާޅުވީ، ރީ ރަޖިސްޓްރޭޝަންގެ ކަންތައްތަކުގައި ހިތްހަމަ ނުޖެހިގެން ޕާޓީގެ މެމްބަރުންގެ ފަރާތުން ފޯން ކޯލް ލިބެމުންދާ ކަމަށެވެ. އެހެންވެ އެ މައްސަލަތައް ހައްލު ކުރަން މަޝްވަރާކުރައްވާނެކަން ފާހަގަކުރެއްވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ވޯޓެއް ނުލިބޭނެކަން އެނގެންޏާ އެހެންވެސް ހަދާބެތާ!

ކޮމެންޓް

Your email address will not be published. Required fields are marked *