އީރާނުން ލުބްނާނަށް ދިޔަ އަންހެނަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިމީހާގެ އިތުރުން ވައިރަސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ 2 މީހަކުވެސް ތިބިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ވައިރަސް ޖެހިގެން ކަރަންޓީން ކުރެވުނު އަންހެން މީހާއަކީ އުމުރުން 45 އަހަރުގެ މީހެއްކަމަށާއި މިހާރު އޭނާ ހުރީ ބެއިރުތް ހޮސްޕިޓަލްގައެވެ.

ލުބްނާންގެ ހެލްތު މިނިސްޓަރ ހަމާދް ހަސަން ވިދާޅުވި ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން އަންގާފައިވާ އުސޫލްތަކަށް އެގައުމުންވެސް އަމަލު ކުރަމުން ގެންދާކަމަށެވެ. އަދި ވައިރަސް އިތުރަށް ފެތުރުނަ ނުދޭން ހުރިހާ އެގައމުންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.