ހދ. ނޭކުރެންދޫގައި އުނުރުން ދުވަސްވީ މީހަކަށް، ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނިގޮތުގައި، ރޭގެ ވަގުތެއްގައި ނޭކުރެެންދޫގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން،  އުމުރުން ދުވަސްވީ އެމީހާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް، ނޭކުރެންދޫ ސިއްޚީ މަރުކަޒަށް ގެންދެވިފައިވާާ ކަމަށާއި، އަދި އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ޓެސްޓްތަކެއް ހެދުމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިހާރު އެމީހާ ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށާއި، އަދި އިތުރު ފަރުވާއަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

މި މާރާމާރީ ހިނގަން މެދުވެރިވި ވަކި ސަބަބެއް، އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި  އަދި މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *