ސްވިސް އެލްޕްސް ގެ 1000 ފޫޓު އަޑީގައި ހަދަންފަށާފައިވާ "ހައިސްޕްޑީ ހައި ކެޕޭސިޓީ" ރެއިލްވޭ ޓަނަލްގެ މަސަކަތް ނިމުމަކާ ހަމައަށް އަތުވެއްޖެއެވެ.

57 ކިލޯމީޓަރުގެ ދިގުމިނުގެ މި ރެއިލްވޭ ޓަނަލްއަކީ މިހާތަނަށް ދުނިޔޭގަ ހަދާ އެންމެ ދިގު ރެއިލްވޭ ޓަނަލެވެ.

11.3 ބިލިއަން ޑޮލްރުގެ މި ޕްރޮޖެކްޓް ހަދާ ނިންމުމަށް 2500 މުވައްޒަފުން ހަރަކާތްތެރި ވަމުންދާ ކަމުގައި މައުލުމާތު ލިބެއެވެ. ޖީބީޓީ ޓްވިން ޓަނަލް ހަދާފައިވަނީ އަލްޕައިން ޕީކްސްގެ 8000 ފޫޓުދަށުގައެވެ. މިޓަނަލް ހެދުމަށް 30 މިލިއަންޓަނުގެ ހިލަ ފަރުބަދައިން ޖާގަ ހެދުމަށް ކުދިކުރުމަށް ގޮއްވާލާ އަދި ބައެއް ތަންތަން ކަނޑައިގެން ނަގާފައިވެއެވެ. މުއާސަލާތީ ހިދުމަތުގެ ކޭބަލަތަކާއި، ދަގަނޑު ރެއިލްސް އަދި ކަރަންޓުގެ ކޭބަލްތައްވަނީ 250 މޭލުގެ ދިގުމިނަށް ހަރުކޮށްފައެވެ.

މިޓަނަލު ކޮނުމުގެ މަސައްކަތް ފަށާފައިވަނީ 2011 ވަނައަހަރުގައެވެ. މިޓަނަލް ކޮނުމަށް މިކަމަށް ޚާއްސަ މަސައްކަތްތެރިން ވަނީ ހޯދާފައެވެ. ސަބަބަކީ މިއީ ހަރު ހިލަތަކަކުން އުފެދިފައިވާ ތަނެއް ކަމުން އެތަން ކޮނުމަށް ތޮރުފުމާ، ޓަނަލް ގޮއްވާލުމާ، އަދި ބޮޑެތި ކޮންވެޔަރ ބެލްޓުތައް މިތަނުން ހިލަތައް ނެގުމުގައި ބޭނުންކުރަން ޖެހޭތީއެވެ.

މިޓަނަލް ހުޅުވުމުން ޒިއުރިކް އަދި މިލާންއާ ދެމެދު ދަތުރުކުރާ ފަތުރުވެރިންނަށް 4 ގަޑިއިރުގެ ދަތުރު 2 ގަޑިއިރާ ބައިން ކޮށްލެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *