14 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން، ކިންގްސް ބާސްކެޓްބޯލް ކްލަބުން ހޯދައިފިއެވެ.

ފިރިހެން ޑިވިޝަނުގައި މިފަހަރު ވަނީ ފަސް ޓީމެއް ވާދަކޮށްފައެވެ. އެއީ ކިންގްސް އާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި، ރެޕްޓާސް ބާސްކެޓްބޯލް ކްލަބާއި، ސްޓިންގާސް ބާސްކެޓްބޯލް ކްލަބު، އަދި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބެވެ.

މިފަހަރުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކިންގްސް ހޯދިއިރު، ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފަހު މެޗުން ކިންގްސް ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބާސްކެޓްބޯލް ކްލަބު އަތުން 77-71 ޕޮއިންޓުން ބަލިވެފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭގެ ނަތީޖާއާއެކު ޕޮއިންޓުގެ ގޮތުން ކިންގްސް އާއި ޓީރެކްސް އެއްވަރުވި ނަމަވެސް، ކިންގްސްއަށް އެއްވަނަ ލިބުނީ ސްކޯގެ ތަފާތަކުންނެވެ. 

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ތިން ކުއާޓަރުގައި ޓީރެކްސްއިން ލީޑު ދެމެހެއްޓިއިރު، އެޓީމުން ތިންވަނަ ކުއާޓަރު ނިންމާލީ، 69-53 ޕޮއިންޓުގެ ފަރަގަކާއެކުގައެވެ. ނަމަވެސް ފަހު ކުއާޓަރުގައި ކިންގްސްއިން ވަނީ  އެ ފަރަޤު ކުޑަކޮށްފައެވެ.

ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މިފަހަރު ކިންގްސް ހޯދިއިރު، ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކުއީންސް ބާސްކެޓްބޯލް ކްލަބެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި، 14 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ކުޅުން ނިމުމާއެކު، ހުކުރު ދުވަހު 38 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ކުޅުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *