އައްޑޫސިޓީގައި ހިންގާ އިކުުއިޓޯރިއަލް ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތްދޭންފަށާފައި ވާކަމަށް އެހޮސްޕިޓަލުން މިއަދުކުރި ޓްވީޓެއްގައި ހާމަކޮށްފިއެވެ.
އައްޑޫގެ އާ ހޮސްޕިޓަލްއަކީ 100 އެނދުުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގެ ހިދުމަތް ފަށަން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
މިހޮސްޕިޓަލުގައި ސީޓީސްކޭން ގެޚިދުމަތް ފަށާފައިވަނީ ޑޮކްޓަރުން، ނަރުހުން އަދި ޓެކްނިކަލް މުވައްޒަދުންނަށް ޓްރެއިނިން ދިނިމަށްފަހުގައި ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިހޮސްޕިޓަލުން ކާޑިއޯ ހިދުމަތާއި، އީއެންޓީ ހިދުމަތާ ދަފުގެފަރުވާގެ އިތުރުން މާބަނޑުމީހުންގެ ކްލިނިކާ ކުޑަކުދިންގަ ހާއްސަ ޑޮކްޓަރުންނާއި ސައިކޭޓްރިކް އަދި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތްވެސް އަންނީ ދެމުންނެވެ.
މީގެއިތުރުން ކަށީގެ ބަލީގެ ފަރުވާތަކާ ފިޒިއޮތަރަޕީގެ ހިދުމަތްވެސް މިހޮސްޕިޓަލުގައި ދެވެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހިދުމަތް ދޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ހޮސްޕިޓަލުން ހިދުމަތް ދެން ފެށުމާއެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުން ގެންދިޔަ 10 ހިދުމަތެއް ވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.