ރ. މީދޫ: އޮގަސްޓް 5، 2017: މެޔަށް ވަޅި ހަރައި މަރައިލި މުހައްމަދު އަަނަސް އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެރަށުގައި ބޭއްވި ހިނގާލުމުގައި އެރަށުގެ ގިނަ ބަޔަކު ބައިވެރިވަނީ -- ފޮޓޯ: ނާޝިތު

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ.މީދު ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލަ މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރ. މީދޫ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން އަނަސްގެ މަރުގެ މައްސަލައިގެ އެންމެފަހުގެ މައުލޫމާތު ހޯދުމަށް އެދުމާއި ގުޅިގެން މިރޭ ކުރިޔަށް ގެންދިޔަ ރަށްވެހި ފަތިސް ކެމްޕޭން ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިހާރު މައްސަލައިގައި ބާކީ އޮތީ ފޮރެންސިކަށް ފޮނުވަން ޖެހޭ އެންމެ އެއްޗެއް ފޮނުވުމުގެ މަސައްކަތް ކަމަށް ވިދާޅުވެ މިހާރު އެ މަސައްކަތްކުރެެމުން އަންނަ ކަމަށް ހާމަކުރައްވާފައެވެ. އެގޮތުން އެއީ ފޯނެއް ކަމަށާއި އެ ފޯނު ސިންގަޕޫރަށް ފޮނުވައި ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށްފަހު އަނަސްގެ މަރުގެ އެންމެފަހުގެ ރިޕޯޓް މަރު ކޮމިޝަނުން އާއްމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މެޔަށް ވަޅި ހަރައި މަރައިލި މުހައްމަދު އަަނަސް - ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި އަނަސް މަރާލާފައިވަނީ، މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓައި -- ފޮޓޯ: ފޭސްބުކް

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކަމަށްވާއިރު އޭނާގެ މަރުގެ މައްސަލަ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި އޭނާގެ މަރުގެ މައްސަލާގައި ވަނީ އަށް މީހަކަށް ދައުވާ އުފުލާފައެވެ. މި އަށް މީހުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.

އަނަސް މަރާލީ އޭނާގެ ގައިގެ 37 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.