ޓުވިޓާގައި އިބްރާހީމް އިސްމާއީލް (އިބްރާ) އުފައްދަވާފައިވާ ސުވާލެއްގެ ޖަވާބު އަލްހާން ފަހުމީ ލަވައަކު ދެއްވާއިފިއެވެ.

އިބްރާ ޓްވީޓަރ މެދުވެރިކޮށް އަލްހާން ފަހުމީއަަށް އޭނާގެ ސިޔާސީ ހަޔާތް ނިމިއްޖެކަން ވިސްނޭނީ ކޮންއިރަކުންތޯ ވަނީ އައްސަވާފައެެވެ. 


އެސުވާލުގެ ޖަވާބު އަލްހާން ދީފައިވަނީ ލަވައަކުންނެވެ . އަލްހާން ޓްވީޓް ކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ އޭނާގެ ސިޔާސީ ހަޔާތް ނިންމާލަން އަދި ގާތްވެސް ނުވާކަމަށެވެ. މިފަދައިން ވިދާޅުވެ އިތުރަށް ލިއުވާފައިވަނީ  " ކަށަވަރޭ އަންނާނަމޭ! އަހަރެން އެނބުރިއަންނާނަމޭ! " މިލަވައެވެ.

މިސުވާލު އިބްރާ އަައްސަވާފައިމިވަނީ ، މާލޭސިޓީގެ މޭޔަރުކަމަށް އަލްހާން ފަހުމީ ވާދަކުރެއްވުމަށް ނިންމަވާ އެކަމުގެ ކެމްޕޭން ކުރައްވަމުން ގެންދަވާތީ ކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.