ދެގައުމުގެ މެދުގައި އެއްބަސްވުން ބަދަލުކުރުމުގެ ތެރެއިން

އިންޑިއާގެ ޕްރަސާރް ބާރަތު އަދި ދިވެހިރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާގެ (ޕީއެސްއެމް) މެދުގައި ސޮއިކުރެވުނު އެމްއޯޔޫއާއެކު މީޑިއާގެ ދާއިރާއިން މީހުން ތަމްރީންކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގެ ދައުލަތުގެ މީޑިއާ އަދި އިންޑިއާގެ އެންމެ ބޮޑު ދައުލަތުގެ މީޑިއާ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނީ އެގައުމުގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ ގާނޫނުތަކާއި ޚިލާފު ނުވާނޭހެން، އަދި ކޮންޓްރެކްޓްގެ ހަމަތަކާއި އެއްގޮތަށް، ޚަބަރާއި؛ ސަގާފީ، ތައުލީމީ، މުނިފޫހިފިލުވުން، ކުޅިވަރު، ސައިންސްގެ ދާއިރާ އާއި ގުޅޭ ޕްރޮގްރާމްތަކާއި ކޮންޓެންޓް ހިއްސާކޮށް ބަދަލުކުމަށް މަގުފަހިވެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ހަމައެހެންމެ ޕީއެސްއެމް އަދި ޕްރަސާރު ބާރަތުއަށް ވެސް ކޯ-ޕްރޮޑަކްޝަން ފުރުސަތުތަކާއި، ކްރޫއިން އެކްސްޗޭންޖްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ޕީއެސްއެމްއަށް ކޯ-ޕްރޮޑަކްޝަން ފުރުސަތުތަކާއި، ކްރޫއިން އެކްސްޗޭންޖްކުރުމުގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ޑރ. ޖައިޝަންކަރުގެ މި ދަތުރުފުޅުގައި މީގެއިތުރުން ވެސް މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.