'ނޫސްވެރިކަމުގެ އިނާމު 2018' ގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކައުންސިލްއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި 12 ދާއިރާއަކަށް މިއަހަރު ވެސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤުތިޞާދު ދާއިރާ، ކުޅިވަރު ދާއިރާ، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، އޯޑިއޯ ޖާރނަލިޒަމް، ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ، ފީޗަރ ރިޕޯޓް އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ މަގާމެވެ.

މީޑިއާ ކައުންސިލްއިން ވަނީ މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވެސް މިއަދު އާއްމުކޮށްފައެވެ.

މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2021 މާރިޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް މީޑިއާ ކައުންސިލްއިން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.