މާދަމާ އިން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގެ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 އިން ދިފާއުވާ ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މާލޭގައި ވެކްސިން ޖެހުން ކުރިޔަށްދާނީ ސޯޝަލް ސެންޓަރާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރައިގެ އިތުރުން އިސްލާމީ މަރުކަޒުގަ އެވެ. މާލޭގެ ސެންޓަރު ތަކުގައި ވެކްސިން ޖެހުން ކުރިޔަށްދާނީ ހެނދުނު 9 އަކުން ހަވީރު 4:30 ގެ ނިޔަލަށެވެ.

ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) ގައި ވެކްސިން ޖެހުން ކުރިއަށްދާއިރު ޓްރީޓޮޕް ހޮސްޕިޓަލުންވެސް ވެކްސިން ޖަހައިދެ އެވެ. ހުޅުމާލޭގައި ވެކްސިން ޖެހުން ކުރިއަށްދާނީ ހެނދުނު 9 އަކުން ހަވީރު 4:30 ގެ ނިޔަލަށެވެ.

ވިލިމާލޭ ގައި ވެކްސިން ޖަހާނީ، ވިިމާލޭ ޒުވާނުންގެ މަރުކަޒުގައި ހެނދުނު ނުވަޔަކުން މެންދުރު އެކެއް ޖަހަންދެންނެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ވެކްސިންޖަހަން ފަށާފައިވާއިރު މިހާތަނަށް 117،115 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.