މި އަހަރުގެ ޒުވާނުންގެ ޤައުމީ ދުވަސް 2020 އަތޮޅުތެރޭގައި ފާހަގަކުރަން ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީން ބުނި ގޮތުގައި، މި އަހަރުގެ ޒުވާނުންގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

މިފަހަރުގެ ޒުވާނުންގެ ދުވަސް، މިފަދައިން ފާހަގަކުރުމަަށް ނިންމި  އެއް ސަބަބަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ ޒުވާނުން ބައިވެރިކުރުން ކަމަށް، ޔޫތް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި މިނިސްޓްރީގެ ފަރާތުން މި ދުވަސް މިއަހަރު ފާހަގަ ކުރުމަށް ބޭނުންވަނީ ޒުވާނުންގެ ޢީދެއްގެ ގޮތުގައި ކަމަށެވެ. 

ޒުވާނުންގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، އަންނަ މަހުގެ 10 ވަނަ ދުވަހުގެ 11:00 އަށް ސޯޝަލް ސެންޓަރަށް ދުރުވެ މައުލޫމާތު ސާފު ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ރަށެއްގައި މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި، ރަސްމީ ޖަލްސާ ބޭއްވިގެން ކުރިއަށް ދާނެ ކަމަށް ވެސް، ޔޫތް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މާފަންނު ސޯޝަލް ސެންޓަރގެ ކައުންޓަރ އަށް ހުށަހެޅުމަށް އެދޭ ކަމަށް ޔޫތް މިނިސްޓްރީއިން އެސިފައިވެއެވެ. އަދި އީމެއިލް މެދުރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މެއިލް ކުރުމަށާއި، ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ އެޕްރީލް މަހުގެ 30 ވަނަ ދުވަސް ކަމުގައި ވަނީ ހަމަޖައްސާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *