"ޑްވަރފިސަމް" ގެ ނުކުޅެދުންތެރިކަން ހުންނަ ސްޓޭންޑް އަޕް ކޮމީޑިއަން ބްރެޑް ވިލިއަމްސް ، އޭނާއެކޭ އެއްފަދައިން " ޑްވަރފިޒަމް" ގެ ނުކުޅެދުންތެރިކަން ހުރި 9 އަހަރުގެ ކުއޭޑަން ބޭލްސް އަށް އެހީ ވުމުގެ ގޮތުން ގޯ ފަންޑްމީގައި ހާއްސަ ޕޭޖެއް ތައްޔާރުކޮށް 150،000 ޑޮލަރު އެއްކޮށްފިއެވެ. 

ނުވައަހަރު ގެ ކުއޭޑަން ބޭލްސްއަކީ "ޑްވަރފިޒަމް" ގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަމުން އޭނާވަނީ ހަނގާގެ ޝިކާރައަކަށްވެފައެވެ. މިކަމުގެ ސަބަބުން އޭނާ ހިތާމަކޮށް ރޮއެހެދި ވީޑިއޯއެއް އޭނާގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އެވީޑިއޯ " ވައިރަލްވެ" އެތައް ބަޔަކު ދިޔައީ ކުއޭޑަން އަށް ހިތްވަރުދެމުންނެވެ.

މިސްޓަރ ވިލިއަމް ބުނިގޮތުގައި "އަހަރެން މިފަންޑު މިހަދަނީ ބުލީކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ކުއޭޑަން އަށް އަންގައިދީ ، އޭނާ އަކީ އުފަލާ މަޖާ ކުރުން ހައްގުވާ ދެވަނައެއްނެތް އިންސާނެއްކަން އަންގައިދޭން. އަހަރެން ބޭނުންބަނީ ކުއޭޑަން އާއި އޭނާގެ މަންމަ އެމެރިކާއަށް ގެނެސް، ރަނގަޅު ހޮތެލް އެއްގަ ބަހައްޓާ ، އެމީހުން ޑިޒްނީލޭންޑަށް ގެންގޮސްދޭން. މިއީ ހަމައެކަނި ކުއޭޑަން އަށްޓަކައި، ކުއޭޑަން އަށް ދައްކަދޭން ބޭނުން މިދުނިޔޭގަ އެމީހުނަށް ހައްޤުވާ ރަނގަޅުކަންކަންވެސް ވާކަން އަންގަދޭން ބޭނުން."

ވިލިއަމް ބުނިގޮތުގައި މިއަދަދުމާގިނަ ވެއްޖެނަމަ ، މިފައިސާގެ އެއްބައި ހަނގާކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ޖަަމްއިއްޔާތަކަށް ހަދިޔާކުރާނީއެވެ.

ކުއޭޑަންގެ މަންމަ މައުލުމާތު ދިންގޮތުގައި ކުއޭޑަން އަށް ހަނގާކުރުމުން އެކަމާ ހިތްދަތިވެ، އޭނާ އަމިއްލަ އަށް މަރުވާން ވާގަނޑެއް ހޯދާދޭންވެސް އެދުނެވެ.

ތިން މިލިއަަނަށް ވުރެންގިނަމީހުން ބަލާފައިވާ ކުއޭޑަންގެ ވީޑިއޯގައިވެސް އޭނާ ހިތަށްއެއްޗެއް ހަރާލުމަށާއި، އޭނާ މަރުވާން ބޭނުންކަމަށް ބުނެފައިވެއެވެ.

މިވީޑިއޯފެނި ގިނަބައަކު ކުއޭޑަން އަށް ހިތްވަރު ދީފައިވާއިރު ، އާލްސްޓަރސް އެންއާރއެލް ޓީމުންވެސް ވަނީ ކުއޭޑަންއަސް ހިިނުހުރިދުވަހު ބެއްވުނު އެމީހުންގެ ޕިޗުގައި ހިނގާލުމުގެ ފުރުސަތުދީފައެވެ.

ކުއޭޑަންގެ މަންމަ މިސް ބޭއިލްސް ބުނިގޮތުގައި އަންމުކޮށް އޭނާ މިފަދަ ކަންކަން ގޭތެރޭގެ ކަމަކަށް ހަދައި އޭންމު ނުކުރިނަމަވެސް، މިފަހަރު އޭނާ އަށް ކެއްނުވުމުން ހަނގާކުރުމާ ދެކޮޅަށް މީހުން ޙެލުންތެރި ކުރުވުމުގެ މަޤްސަދުގައި ވީޑިއޯ ހިއްސާކުރަން ނިންމީއެވެ.

          

އޭނާ ބުނިފައިވަގޮތުގައި ކުދިންނާއި ، އާއިލާތަކާ ، އެކުވެރިންނަށް ހަގާކުރުމުން ވާގެއްލުމާ އެކަމުގެ ނުރައްކާތެރިކަން އަންގަދީ ހޭލުންތެރި ކުރުވަން ޖެހެއެވެ. އޭނާ މިދައްކައިދިނީ ކިޔަވާ ތައުލީމް ހާސިލްކުރަން ބޭނުންވެގެން ނުވަ އަހަރުގެ ކުޑަ ކުއްޖަކު އާންމުންގެ ތެރެއަށް ނުކުތުމުން އޭނާގެ ހާލަތުގެ ސަބަބުން މީހުން ކުރި ހަނގާއިން ކުރާ އަސަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *