އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙަނާޒް ފައިޞަލް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އައިއެމްއޯއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުކަމުގެ މަގާމަށް ޑރ. ފަރަހަނާޒް އައްޔަނު ކުރުމަށް 54 މެމްބަރުން ވޯޓުދެއްވިއެވެ.

ޑރ. ފަރަހަނާޒަކީ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ އިތުރުން އޭނާއަކީ ސްޕެއިން އަދި ފަރަންސޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނަން-ރެޒިޑެންޓް އެމްބެސެޑަރުވެސްމެއެވެ. ހަމައެހެންމެ މީގެކުރިން އޭނާ ވަނީ ނޯރވޭ، ޑެންމަރކް، ފިންލެންޑް އަދި ސްވިޑްންއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަންވެސް ކުރައްވާފައެވެ.

ފަރަހަނާޒް ވަނީ ޕޮލިޓިކްސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލު ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.