އިންޑިއާގެ ކޮޗިންގެ ކުމްބަލަންގީ އަަވަށުގައި ފެންމަތީ ހަދާފައިވާ "އަކުއާޓިކް އައިލެންޑް ބައި ޕޮޕީޒް"  ރިސޯޓަށް "މިނީ މޯލްޑިވްސް" ކިޔައި އުޅެއެވެ. ޕޮޕީސްއިން ތައްޔާރުކޮށްފައިވާ މިރިސޯޓަކީ ދިވެހިރާއްޖެ އަސްލަކަށް ބަލައިގެން ހަދާފައިވާ ތަނެކެވެ. ފެނުއަޑީގެ ކޮޓަރިތަކާއެކު ހަދާފައިވާ މިރިސޯޓަކީ އިންޑިއާގެ ފުރަތަމަ އަންޑަރވޯޓަރ ރިސޯޓެވެ. މީގެއިތުރުން މިއީ އޭޝިއާގެ ފުރަތަމަ ތިމާވެއްޓާ ރައްޓެހިކޮށް ތައްޔާރުކޮށްފައިވާ ފެނުއަޑީގެ ކޮޓަރިތައް ހިމެނޭ ރިސޯޓުވެސްމެއެވެ.މިރީތި ފްލޯޓިން ރިސޯޓަށް ކޮޗީ އެއަރޕޯޓުން ދޮޅުގަޑިއިރުން ދުއްވާފަދެވެއެވެ.

ޖުމްލަ 5 ފްލޯޓިންގ ބައި އެކުލެވިގެންވާ މިރިސޯޓުގައި 10 ކޮޓަރި ހުރެއެވެ. ފެންމަތީގައި ހަދާފައިވާ ސްވިމިންގ ޕޫލަކާއި، ސްޕާއެއް އަދި ވެލްނަސް ސެންޓަރެއް ހިމެނޭ މިރިސޯޓުގައި ދޫނިސޫފާސޫފި ބަލާލަން ދިއުމަށް ޚާއްސަތަނެއް މިތަނާ 1 ކިލޯމީޓަރު ދުރުމިނުގައި ހުރެއެވެ.

                 

ކޮޗީއަކީ ގިނައަދަދެއްގެ ދިވެހިން ގޮސްއުޅޭ ތަނަކަށް ވުމުން ، މިތަން ބަލާލަން ދިއުމަކީ ފެންމަތީގައި ހަދާފައިވާ ރިސޯޓެއް ތަޖުރިބާ ކޮށްލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ހިތްގައިމުތަނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *