ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ރާއްޖެ ކާބަން ނިއުޓުރަލް ވުމަށް އަމާޒު ހިފާފައި ދަނޑިވަޅުގައި ލިކުލިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަކީ މުހިއްމު ކަމެއް ނޫން ކަމަށް މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ރިޕޯޓުގައި ބުނެފިއެވެ.

މި މައްސަލައަކީ ރާއްޖެއިން 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ވުމަށް އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައި، ދިވެހިރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ފަންޑުކުރުމަށް ނިންމުމާ ގުޅިގެން، އެކަމަކީ ދިވެހިރާއްޖެއިން ކަނޑައެޅި ޓާގެޓްއަށް ވާޞިލުވުމަށް އޮތް ގޮންޖެހުމަކަށްވާތީ ކޮމިޓީއަށް ހުށައެޅުނު މައްސަލައެކެވެ.

މި މައްސަލަ ދިރާސާކުރުމަށް ކޮމިޓީން ވަނީ ކަމާ ގުޅުން ހުރި އެކި އިދާރާތަކާއި ތަޖުރިބާކާރުންނާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

އެގޮތުން އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލާދީ ކޮމިޓީ ރިޕޯޓުގައި ވަނީ އޭ.ޑީ.ބީ އިން ރާއްޖެއަށް އަމާޒުކޮށް އެކުލަވާލި "ރޯޑްމެޕް ފޮރ ދަ އެނަރޖީ ސެކްޓަރ 2020-2030" އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީއާއި އެކު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ރިޕޯޓަކީ ދިވެހިރާއްޖޭގެ ނަމުގައި އޭ.ޑީ.ބީ އިން ލޯންޗުކުރި ރިޕޯޓެއް ނަމަވެސް އެއީ މިނިސްޓްރީން އެންޑޯޒް ކުރާ އެއްޗެއް ނޫން ކަމަށާއި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އޭ.ޑީ.ބީ އާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ އޭ.ޑީ.ބީ އިން އެކުލަވާލައި ޢާންމުކުރި ރިޕޯޓު އެކުލަވާލީ ދިވެހި ސަރުކާރާއި އަދި ކަމާގުޅޭ ގިނަ ފަރާތްތަކަކާއި މަޝްވަރާކޮށްގެން ކަމަށެވެ. އެހެންނަމަވެސް، އެފަދަ ކަމަކާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއެކު މަޝްވަރާކޮށްފައިވާ ކަން އެނގެން ނެތް ކަމަށް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމިޓީން ބުނީ ރާއްޖެ ކާބަން ނިއުޓުރަލް ވުމަށް އަމާޒު ހިފާފައިވާ މި ދަނޑިވަޅުގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް މިހާ ބޮޑު އަދަދެއް އިންވެސްޓްކުރުމަކީ އޭގެ ސަބަބުން ރާއްޖޭން ކަނޑައެޅި ޓާގެޓް ހާޞިލުކުރަން ހުރަހަކަށް ވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަކޮށްފައިވާ ކަމެއް ކަމަށެވެ. އެ ފަރާތްތަކުން ލަފާދީފައިވަނީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް އިންވެސްޓު ކުރުމަށް ކަމަށެވެ

މިނިސްޓްރީން ވަނީ 2030 އަށް ރާއްޖޭން ކަނޑައަޅާފައިވާ ނެޓްޒީރޯ ޓާގެޓް ހާޞިލުވާނެ ގޮތަކަށް ނޫނީ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީން ކަން މަޖިލީހަށް އަރުވާފައެވެ.

ލިކުއިފައިޑް ނެޗުރަލް ގޭހަކީ ތިމާވެށީގެ ގޮތުން އަދި އިޤްތިޞާދީ ގޮތުންނާއި އެނަރޖީ ސެކިއުރީޓެ ގޮތުން ވެސް ގެންލުން ބޮޑު އެއްޗެއްކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.