މެޖިސްޓްރޭޓުންގެ ފޯނު އެލަވަންސް ގެ ގޮތުގައި މަހަކު 500 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މި މައްސަލަ ދިރާސާކޮށް މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތަށް މެޖިސްޓްރޭޓުންގެ ފޯނު އެލަވަންސެއް ދޭން ފެނިވަޑައިގަންނަވާ 57 މެމްބަރުން ތިއްބެވިއެވެ.

މަޖިލީހުގެ މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އޭޕްރިލް މަހުން ފެށިގެންނެވެ.

ކޮމިޓީ ރިޕޯޓުގައި ވާގޮތުން، މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސެއް ދިނުމަށް ނިންމާފައިވަނީ މެޖިސްޓްރޭޓުންނަކީ އެ މެޖިސްޓްރޭޓަކު އައްޔަނުކޮޮށްފައިވާ ކޯޓުގެ އިތުރުން އެ ދާއިރާގެ އެހެން ކޯޓުތަކާއި ހަވާލުވެ ތިބެންޖެހޭ ބަޔަކަށް ވުމުންނާއި މައްސަލަ ބެލުމުގެ އިތުރުން އިދާރީ މަސައްކަތް ވެސް ކުރާ ބަޔަކަށްވާތީއެވެ.

މިއަދު މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސެއް ދޭން ނިންމިއިރު، ރާއްޖޭގެ މަތީ ކޯޓުތަކުގެ ފަނޑިޔާރުންނަށް މަހަކު 1000 ރުފިޔާގެ ފޯނު އެލަވަންސެއް ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.