މޯލްޑިވްސް ޕޮލިސް ސަރވިސަަސްއާއި އެމެރިކާ ސަރުކާރާ ގުޅިގެން ކުރިއަށްގެންދިޔަ އެންޓި-ޗައިލްޑްސެކްޝުއުލަ އެކްސްޕްލޮއިޓޭޝަން ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މކަމާގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ.
މިރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ، ކޮމިޝަންޑް އޮފިސަރުންނާއި ، މިނިސްތްރީ އޮފް ޖެންޑަރ ފެމިލީ އެންދް ސޯޝަލް ސަރވިސަސް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝާން، ކްރިމިނަލް ކޯޓު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންބައިވެރިލެއްވިއެވެ.
މި ހިނގާ ފެބްރުއަރީ މަހުގެ 16ން 20 އަށް އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި، ޖިންސީ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލުކުރާނެ ގޮތާއި، ކުށުގެ ވެށި ރައްކާތެރިކުރުމާއި، ކުޑަކުދިންނަށްކުރާ ޖިންސީ އަނިޔާ އަކީ ކޮބައިކަމާއި، އެފަދަ މައްސަލަތައް ތަހުގީގުކޮށް ކާމިޔާބު ކުރުމަށް ބޭނުންވާ އުކުޅުތަކާއި ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2019 އިން 2014 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައިވާ ހައި ވޮލިއުމް ކްރައިމްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި ކިޔަވައިދެއްވީ ކަމުގެ ތަޖުރިބާހުރި އެމެރިކާގެ ފަސް އިންސްޓްރަކްޓަރުންނެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ކްރިމިނަލް ކޯޓު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އަދި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭގޮތަށް ޖުމްލަ 38 ބައިވެރިން މި ޓްރެއިނިންގައި ބައިވެރިވިއެވެ
ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކާއި، އެކުދިންނާ މަތިކުރެވިގެންވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން އާއިލާއާއި، ޖަމާއަތާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނު ކަމުގައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަދު މިވަނީ އަމަލުކުރަން ފަށާފައެވެ.
މި ޤާނޫނުގައިވާ އެންމެހައި ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް މައްސަލަތައް ނިންމައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް، މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުން ގެންދާނެއެވެ.