ޖޯން ވޮޓްސްގެ "ސްޕައިޑަރމޭން" ސީރީޒް ގެ 3 ވަނަ ފިލްމު މިއަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު ސްޕައިޑަރމޭންގެ ކުރީގެ ފިލްމުތަކުން ފެނިގެންދިޔަ އެންޑްރޫ ގާފީލްޑް އަދި ޓޯބީ މެގުއާ މިފިލްމުން ފެނިގެންދާނެ ކަމަށް ވަރަށް ގިނަ ބައެއް ދަނީ ލަފާކުރަމުންނެވެ.
2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ފޭންޑަމް އިން ޝާޢިއުކުރި ހަބަރެއްގައި ވަނީ އެންޑްރޫ އަދި ޓޯބީ "ސްޕައިޑަރމޭން" 3 ގެ ރޯލަކަށް ސޮއިކޮށްފައިވާކަމަށް ސޮނީ އާ ކައިރިން މަސައްކަތް ކުރާ ފަރާތެއް ހަބަރުދީފައިވާކަމަށެވެ. ޓޯބީއަކީ 2002 ގެ ސްޕައިޑަރމޭންގެ ފުރަތަމަ ފިލްމުގައި ޕީޓާ ޕާކާގެ ރޯލްއިން ފެނިގެންދިޔަ ތަރިއެވެ. ހަމައެއާއެކު 2004 އަދި 2007 ވަނަ އަހަރު ފިލްމުގެ ސީކުއެލްތަކުންވެސް ޓޯބީ ފެނިފައިވެއެވެ. އެންޑްރޫ ފެނިގެންދިޔައީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ "ދަ އެމޭޒިން ސްޕައިޑަ މޭން" ފިލްމުތަކުންނެވެ. ފޭންޑަމްއިން ރިޕޯޓް ޝާއިއުކުރިތާ ގިނަ ދުވަސްތަކެއްނުވެ ސޮނީ ޕިކްޗާސްގެ ފަރާތުންވަނީ ސްޕައިޑަރމޭން 3 ގެ ރޯލްތަކަށް އޭރު މީހުން ހަމަޖެހިފައިނުވާކަމަށް ބުނެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރގެ ފަހުކޮޅު ޓޮމް ހޮލެންޑް ވަނީ ފިލްމުގެ ޕްރޮޑަކްޝަން ފަށަން އެޓްލާންޓާއަށް ގޮސްފައެވެ. އެގޮތުން ޑިސެމްބަރ 9 ގައި ކޮލައިޑާއިން ރިޕޯޓްކޮށްފައިވާ ގޮތުން ކުރީގެ ސްޕައިޑަރމޭން ފިލްމުތަކުން ފެނިގެންދިޔަ ތަރިންތައް ސްޕައިޑަރމޭން 3 އަކުން ފެނިގެންދާނެއެވެ. ހަމައެއާއެކު އެންޑްރޫ އޭނާގެ ކުރީގެ ރޯލްއިން ފެނިގެންދިޔުމާއެކު ޓޯބީގެ ރޯލާ ބެހޭގޮތުން ސޮނީ/މާވެލް އާ ވާހަކަދެކެވުމުންދާކަމެވެ. މީގެ އިތުރުން "ސްޕައިޑަރމޭން 2" އިން ފެނިގެންދިޔަ ޑޮކްޓަރ އޮކްޓޮޕަސްގެ ރޯލް އަދާކުރި އަލްފްރެޑް މޮލީނާ, އޮރިޖިނަލް ސްޕައިޑަރމޭން ފިލްމުތަކުން އެމްޖޭގެ ގޮތުގައި ފެނިގެންދިޔަ ކާސްޓެން ޑާސްޓް އަދި "އެމޭޒިން ސްޕައިޑަރމޭން" ފިލްމުތަކުން ގުވެން ސްޓޭސީގެ ގޮތުގައި ފެނިގެންދިޔަ އެމާ ސްޓޯންވެސް މިފަހަރުގެ ސްޕައިޑަރމޭން ފިލްމިން ފެނިގެންދާނެ ކަމަށް ހަބަރު ފަތުރާފައިވެއެވެ.
ޓޮމް ހޮލެންޑް ވަނީ އެތައް ފަހަރެއްގެ މަތިން ސްޕައިޑަރމޭންގެ ފިލްމުތަކުން ކުރީގައި ފެނިގެންދިޔަ ތަރިންނާ ބެހޭގޮތުން އެހުމުން މި ފިލްމުގައި ފެނިގެންނުދާނެ ކަމަށް ބުނެފައެވެ. ނަމަވެސް މާވެލްއަކީ އެ ސްޓޫޑިއޯގެ ފިލްމުތައް ރިލީޒްކުރުމުގެ ކުރިން އެތައް ކަމެއް ބެލުންތެރިންނާ ހިއްސާނުކުރުމުގެ ޘަގާފަތެއް އޮންނަ ބައެކެވެ. ކޮންމެއަކަސް މިފިލްމު ބަލަން އެތައް ބަޔަކު ކެތްމަދުވެން އިންތިޒާރުގައި ތިބިއިރު ފިލްމް ބެލުމުން ނޫނީ ދެކެވޭ ވާހަކަތަކުގެ ހަޤީގަތެއް ނޭނގޭނެއެވެ.