ދުނިޔޭގަ އެންމެގިނަ ވަގުތު "ޕްލޭންކް ޕޮޒިޝަން"ގައި ހިފަހައްޓާލި މީހަކު ދުނިޔޭގެ ވޯލްޑް ރެކޯރޑް ފޮތުން ޖާގަ ހޯދައިފިއެވެ. "ލޯންގަސްޓް މޭލް އެބްޑޮމިނަލް ޕްލޭންކް" ގެ މަގާމް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްސް ފޮތުން ހޯދާފައިވަނީ ޖޯޖް ހޫޑް ނަމަކަސް ކިއާ އުމުރުން 62 އަހަރުގެ ކުރީގެ ޔޫއެސް މެރިންއެކެވެ.
މިމީހާ މިރެކޯޑް ގާއިމްކުރީ އޭނާގެ އާއިލާ އަދި އެކުވެރިން ކުރިމާތީގައެވެ. ޖޯޖް ރެކޯރޑް ހެދުމަސް ޕްލޭންކްގައި އޮތް ވަގުތު ހައިސްކޫލް ބޭންޑަކުން ވަނީ ޕްލޭންކުގެ ފުރަތަމަ 5 ގަޑައިރު މިއުޒިކް ކުޅެދީފައެވެ.
ޖޯޖް މިރެކޯޑް ގާއިމްކުރީ 8 ގަޑިއިރާ 15 މިނެޓް 15 ސިކުންތު ޕްލޭންކް ޕޮޒިޝަންގައި އޮވެގެންނެވެ. ޖޯޖްވަނީ މީގެކުރިން މިރެކޯޑް ގާއިމު ކޮށްފައިވާ ޗައިނާގެ ޕޮލިސް އޮފިސަރު މާއޯ ވެއަރޑޮންގ ގެ 14 މިނެޓުގެ ރެކޯޑު މުގުރާލާފައެވެ.
2019 ވަނަ އަހަރު ކެނެޑާގެ ރައްޔިތެއްކަމުގައިވާ ޑާނާ ގްލޯވަކާވަނީ 4 ގަޑިއިރު 19 މިނެޓް 55 ސިކުންތު ޕްލޭންކްގައިއޮވެ އަންހެނުންގެ ކެޓަގަރީގެ ރެކޯޑް ހާސިލްކޮށްފައެވެ.