މަޝްހޫރު ލަވަކިއުންތެރިއާ ވިޓްނީ ހިއުސްޓަންގެ ހޮލޯގްރާމް ބޭނުންކޮށްގެން ޓުއަރ އެއްގޮތުގައި ހާއްސަ ޝޯތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ފުރަތަމަ ޝޯ ޔޫކޭ ގެ ޝެފީލްޑްގައި 25 ފެބްރުއަރީގައި ބާއްވަން ހަމަޖެހިފައިވާއިރު ، މިޝޯތަކުގެ މަޤްސަދަކީ ވިޓްނީގެ ސަޕޯރޓަރުންނާއި ވިޓްނީ އަލުން ގުޅުވައިދިނުންކަމުގައި ޝޯ އިންތިޒާމް ކުރާ ފަރާތުންވަނީ ބުނެފައެވެ. ޝެފީލްޑްގައި މިޝޯ ބެއްވުމަސްފަހު ޔޫކޭ އަދި ޔޫރަޕުގެ އެކި ތަންތަނުގައި މިޝޯ ބާއްވަންވަނީ ހަމަޖެހިފައެވެ.

މިޝޯގައި ގްރެމީ އެވޯރޑް ހާސިލް ކޮށްފައިވާ ވިޓްނީގެ ހޮލޯގްރާމް ލަވަހުށައަޅާ ދޭނީ ޑިޖިޓަލްކޮށް އަލުން ތައްޔާރު ކުރެވިފައިވާ ލަވަތަކެއްގެ ސިފައިގައެވެ.

ވިޓްނީ ހިއުސްޓަން މަރުވެފައިވަނީ 2012ވަނަ އަހަރު ފެބްރުއަރީ 11ވަނަ ދުވަހު ހިތުގެ މައްސަލައެއް މެދުވެރިވެ ބާތްޓަބް ތެރެއަށް ގެނބިގެންނެވެ،

ގިނީސް ވޯލްޑް ރެކޯޑްގައި ވާގޮތުން ވިތްނީ އަކީ މިހާތަނަށް އެންމެ ގިނަ އެވޯރޑް ހާސިލް ކުރި އަންހެން ލަވަކިއުން ތެރިޔާއެވެ. މިއަހަރު އޮހާއޯގައި ބެއްވޭ ހާއްސަ ރަސްމިއްޔާތެއްގައި ވިޓްނީ "ރޮކްއެންޑް ރޯލް ހޯލް އޮފް ފޭމް"އަށް އިތުރުކުރެވޭނެއެވެ.

ވިތްނީގެ ކުރީގެ މެނޭޖަރު ޕެޓް ހިއުސްޓަން ބުނެފައި ވާގޮތުގައި ވިޓްނީ މިދުނިޠެގައި ނެތް ކަމުގައިވިޔަސް އޭނަގެ މިއުޒިކް އަބަދުވެސް ހިތްތަކުގައި ވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *