"ޖަޒީރާ ސައްލާ" ގެ ނަމުގައި ސަރުކާރުން ރާވައިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑް މި މަހުގެ 3 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.
"ޖަޒީރާ ސައްލާ" އަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކަށް ރައްޔިތުންގެ ޚިޔާލު، ކަންބޮޑުވުންތައް އަދި ޝުއޫރުތައް ހިއްސާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ. އެގޮތުން، މިފަހަރުގެ އިވެންޓް ހާއްސަ ކުރެވިފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމާއި ގުޅޭ ގޮތުންނެވެ.
Ep. 2 #JazeeraSalla : Solving the Drug Epidemic
Date: 3rd March 2021
Time: 2:30pmSubmit your opinions, questions, ideas using the hashtag #JazeeraSalla pic.twitter.com/M1ls6T94hJ
— Government of Maldives (@governmentmv) March 1, 2021
ކުރިންވެސް ސަރުކާރުންވަނީ މިފަދަ އިވެންޓްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިސް ނެންގެވުމުގެ ދަށުން "ޖަޒީރާ ހޮޅުއަށި" ނަމުގައި ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި މުހިންމު ގިނަ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާހޯދާފައިވެއެވެ.
"ޖަޒީރާ ސައްލާ"ގެ ޕްރޮގްރާމެއްވެސް މީގެ ކުރިން ބާއްވާފައިވާއިރު، އެފަހަރުގެ ޕްރޮގްރާމް ހާއްސަ ކުރެވުނީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަށެވެ. އެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދީފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒާއެކު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، ރައްޔިތުންގެ ހިޔާލާއި ފިކުރު ހޯދައިގެން ރައްޔިތުން އެދޭ ވެރިކަމެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ޞާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.