2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 20 ވަނަދުވަހު ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކޮށްދެއްވި ، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް އަމަލުކުރަން ފަށައިފިއެވެ.މިޤާނޫނަކީ ނިވެމްބަރު މަހުގެ 14 ވަނަދުވަހު 66 މެމްބަރުންގެ ވޯޓުން ފާސްކޮސްފައިވާ ޤާނޫނެކެވެ.

މިޤާނޫނުގެ ދަށުން އުމުރުން 18 އަހަރު ނުފުރޭ ކުދިންނާ ކައިވެނިކުރުން ވަނީ ކުށަކަށް ހަދާފައެވެ. މީގެއިތުރުން ވެކްސިން ޖަމުބޫރު ކުރުމާއި ، ތައުލީމުން މަޚްރޫމުކުރުމުގެ އުޒުރުތަކަށް ޤާނޫނީ ހައްލަކާއި ، ޖިންސީގޯނާ އާއި އަނިޔާތަކުން ކުދިން ހިމާޔަތްކޮށް ، ހައްގުތައް ކަށަވަރުކޮސްދިނުމަށް މިޤާނޫނުން ބާރު ލިބެއެވެ.

ކުޑަކުދިން ނުރައްކަލަކަށް ހުށައެޅޭފަދަ އަމަލުތަކާއި އަނިޔާދިނުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤާނުނުގައި ވާގޮތުން ކުޑަކުދިންނަށް އަޅާލާ ރައްކާތެރިކަން ފޯރު ކޮށްދިނުމުގައިއާއި ކުޑަކުދިންގެ ހައްގުތަކަށް އަދާކުރުމުގައި އާއިލާއާއި މައިންބަފައިނާއި ބެލެނިވެރިންނާއި މުޖުތަމައުއާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނާށާއި އެކުދިންގެ އާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރު ކޮސްދިނުމަށް މަގުފަހި ކޮށްދިނުންވެސް ވަނީ ހިމެނިފައެވެ.

މިޤާނޫނުގައި ހިމެނިފައިވާ ބައެއް މުހިއްމު ކަންތައްތަކަށް ބަލާލާއިރު 

ވެކްސިން ޖެހުން ލާޒިމު!

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގައި ބުނެފައިވަނީ ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިިންބަފައިންގެ ޒިންމާއެއް ކަމަށާއި ، އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިން ބަފައިންނަށް ލިބިގެންވާހައްގެއް ނޫން ކަމަށެވެ.

މީގެ އިތުރުން ދަރިމައިވުމުން މައިމީހާއަށް  ސިއްހީ ފަރުވާއާއި އެހެނިހެން ހައްޤުތައް ކަށަވަރު ކޮސްދިނުމާއި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ޤާނޫނުން ލިބިދޭހައްގަކަށް ވަނީ ހަދާފައެވެ

18 އަހަރު ނުވަނީ ކައިވެނި ކުރުން މަނާ

ގާނޫނުގައި ފާހަގަ ކޮށްފައިވާގޮތުގައި ކުޑަކުދިންނަކީ ސިއްހީގޮތުން އަދި ނަފްސާނީގޮތުން ބޮޑެތިމީހުނާ އެއްވަރަކަށް ހެދިބޮޑުވެފައިވާ ބައެއްނޫނެވެ. އެހެންކަމުން މިއަށް ބާރުދީ ކުދިންނަށް ރައްކާތެރިކަން ހޯދައިދޭން ޤާނޫނު އަސާސީގެ 35 ވަނަ މާއްދާއާ ހަވާލާދީ 18 އަަހަރު ނުފުރޭ ކުދިން ކައިވެނިކުރުން ވަނީ މަނާކޮށްފައެވެ.

ކުދަކުދިންނަކީ އާއިލާގެ ފަރާތުން އަދި މުޖުތަމައުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަމާ އެހީތެރިކަން ލިބެންޖެހޭ ބައެއް ކަމުގައި ޤާނޫނުއަސާސީގައި ކަނޑައަޅާފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާސިއްރުކުރުމުން ޖަލު ހުކުމެއް

ކުޑަކުދިންނަށް ލިބޭ ޖިންސީ އަނިޔާ ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އާޢި އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ، އެއްވެސް މާހައުލެއްގެ ތެރެއިން ކުޑަކުއްޖަކަށް ލިބެމުންދާކަން އެގިތިބެ އެކަންތައްތައް ރިޕޯރޓް ނުކުރުން ގާނޫނުގައިއޮތީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ކުޑަކުދިންނަސް ލިބޭ އަނިޔާގެ މައްސަލަތައް ރިޕޯރޓްކުރަން ޖެހެނީ ފުލުހުންނާއި ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ނުވަތަ ކުޑަކުދިންގެ މަސްލަހަތުގައި މަސައްކަތް ކުރާ ދައުލަތުގެ އިދާރާއަށެވެ. ކުޑަކުދިންނަށް ލިބޭ މިފަދަ އަނިޔާ ރިޕޯރޓް ނުކުރާނަމަ 5 އަހަރުގެ ޖަލުހުކުމެއް ކުރާގޮތަަަށްވަނީ ހަމަޖއްސާފައެވެ.

ކުދިންގެ ޒާތީ މައުލޫމާތު އާންމުކުރުން މަނާ

އެކި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫން ސަބަބުތަކަށްޓަކައި އަޅާލުމާއިރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތު ސީދާގޮތަށް ނުވަތަ ނުސީދާގޮތަށް އާންމު ކުރުމަކީ މަނާކަމެކެވެ.

ކުއްޖާ ދައުލަތަށް ނަގާނީ އެންމެ ފަހުފިޔަވަޅެއްގެ ގޮތުން

ގާނޫނު ބުނާގޮތުން ކުއްޖާބެލުން ވަގުތީ ގޮތުން އެހެން ފަރާތަކަށް ހަވާލުކުރުމުގައި އިސްކަން ދެވޭނީ ކުއްޖާގެ ހަޟާނަތު ދެމިގެންދާފަދަ ގޮތަކަށް ވަގުތީ ގޮތުން ހަވާލުކުރުމަށެވެ.

ކުއްޖާ އަށް އަނިޔާ ލިބެމުންދާ މާހައުލުން ކުއްޖާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއެކު ވީއެންމެ އަވަހަކަށް އަދި ލަސްވެގެން ފަސްދުވަސް ތެރެގައި އެކުއްޖާއާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަން ގާނޫނުން ވަނީ ލާޒިމުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.