ޗައިނާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޗައިނާއިން 114 މީހުން މިއަދު މަރުވިކަމަށާއި ، މިއަދަދާއި އެކު މިހާރު މިވައިރަސް ޖެހިގެން މިޅިއަކު 2126 މީހުން މަރުވެފައި ވާކަމަށް ހަބަރު ލިބެއެވެ.

ޗައިނާއިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިއަދު ވައިރަސް ޖެހިގެން ރިޕޯރޓް ކޮށްފައިވަނީ 349 މީހުންކަމަށެވެ. މިއީ ހަފްތާތަކަކަށްފަހު ދުވާލެއްގެ މައްޗަށް ވައިރަސް ޖެހިގެން ރިޕޯރޓްކުރެވުނު އެންމެ މަދު އަދަދުކަން ފާހަގަ ކުރެވެއެވެ.

ބުދަ ދުވަހު ބޭއްވުނު ނޫސް ކޮންފަރެންސް އެއްގައި މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯ ގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ.މައިކް ރަޔަން ވިދާޅުވެފައިވަނީ ޗައިނާގައި ބަލި ފެތުރޭ މިންވަރު މިއަދު ދަށަށް ގޮސްފައި ވާކަމަށާއި، އަދި މިވައިރަސް ފެތުރުމަށް ނިމުމެއް އަންނަނީ ކަމުގައި ބުނަން އަދި މާ އަވަސް ކަަމަށެވެ.

ޗައިނާގައި ބަލި ފެތުރޭ މިންވަރު ދަށްވެފައި ވީކަމުގައި ވިޔަސް އޭޝީއާގެ ބައެއް ގައުމުތަކުން ވައިރަސްއަށް ޕޮޒިޓިވްވާ އިތުރު މީހުން އަންނަނީ ފެންނަމުންނެވެ. އޭގެތެރޭގައި ކޮރެއާ، ސިންގަޕޫރު އަދި ޖަޕާނު ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.