ޝަހީދު އަލީ ހިނގުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އާރްޑީސީ

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ތެރެއިން ޝަހީދު އަލީ ހިނގުން ސެގްމެންޓް 1 ގެ މަސައްކަތް ނިމުމަކާއި ގާތް ވެފައިވާކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އެ ކޯޕަރޭޝަން އިން ޓްވީޓް ކުރައްވާފައިވާ ގޮތުގައި، ޝަހީދުއަލީ ހިނގުމުގެ ސެގްމަންޓް 1 ގެ %90 މަަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ޝަހީދު އަލީ ހިނގުމުގެ ބުލޮކް 2 ގެ މަސައްކަތްވެސް މިހާރު އާރްޑީސީ އިން ވަނީ ފަށާފައެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް އަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑްރީ ރޯޑްސް އަދި ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްސްއެވެ.

މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ވަނީ ފަރުމާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *