މި އަހަރުގެ މާރިޗް 04 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ، “އަނދިރިކަން” މި ފިލްމުގެ ޓިކެޓް މިއަދު (20 ފެބްރުއަރީ 2020 ގައި) ވިއްކަން ފަށާނެ ކަމަށް ބުނެފިއެވެ.

މިއަދުގެ މެންދުރުފަހު 14:00ން ފެށިގެން، އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނެކަމަށާއި، އަދި މާދަމާއިން ފެށިގެން  ޓިކެޓް ވިއްކުމަށް، ކައުންޓަރު ހުޅުވާނެ ގަޑިތައްވެސް ވަނީ އާއްމުކޮށްފައެވެ.

އެގޮތުން ހޮނިހިރުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 10:00-12:00 އަށް، 14:00-18:00 އަށް، 20:00-22:00 އަށް އޮލިމްޕަހުގެ ކައުންޓަރު ހުޅުވާފައި ހުންނާނެއެވެ. މީގެ އިތުރުން ހުކުރު ދުވަހު 14:00-18:00 އަށް އަދި 20:00-22:00 އަށް ވެސް ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ސީޒަން އާއި ރިޝްފާގެ އިތުރުން ޝީލާ ނަޖީބު ޙަރަކާތްތެރިވެފައިވާއިރު، މުޙިންމު ރޯލުތަކުން ފެނިގެންދާނީ ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި ސައީދެވެ.

އަޙްމަދު ޒަރީރްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ، މި ފިލްމް ކެމެރާ ކުރީ ޢަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. އަދި  ތަރިންގެ މޭކަޕް ކުރީ ޒީނަތު އައްބާސް އެވެ.

އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯ އިން އުފެއްދި އާއިލީ ލޯބީގެ ފިލްމު “އަނދިރިކަން” ގެ ޓިކެޓްގެ އަގަކީ ހަމަ އެންމެ 100 ރުފިޔާ ކަމުގައި މަޢުލޫމާތު ލިބެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *