ޖަރުމަނުގު ހަނާއޫގެ ޝީޝާ ބަރ އަކާއި އިތުރު އެހެން ކެފޭ އެއްގެ ތެރޭގައި ބަދަލު ކުރި ބަޑީގެ ހަމަލާތަކެއްގައި 8 މީހަކު މަރުވެ 5 މީހަކު ޒަހަމް ވެފައި ވާކަމަށް ޖަރުމަނުގެ ފުލުހުން މިއަދު މައުލޫމާތު ދީފިއެވެ.
ޕޮލިސް މައުލޫމާތު ދިން ގޮތުގައި ޖަރުމަނު ގަޑިން 22:00 ގައި ހިނގި މިހާދިސާގައި ހަމަލާދިން މީހުންވަނީ ފިލާފައި ކަމަށާއި މިހާރު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
ފުރަތަމަ ހަމަލާދީފައި ވަނީ ޝީޝާ ބާގަ ކަމަށާއި ދެވަނަ ހަމަލާތަކެއްވަނީ ހަނާއުގެ ކެސެލްސްޓަޑް އަވަށުގެ އެރީނާ ބާ އެންޑް ކެފޭގައި ދީފަކަމަށެވެ. ފުލުހުން މިހާރު ދަނީ މިހަމަލާތަށް ދިން މީހުން ހޯދުމަށް އެސަރަހައްދުތައް ހެލިކޮޕްޓަރުގައި ޕެޓްރޯލް ކުރަމުންނެވެ.
މަންޒަރު ދުއްމީހުން މައުލޫމާތު ދީފައިވާގޮތުގައި ބަޑިހިފައިގެން ތިބީ، ކިތައް މީހުންކަން ނޭގޭ ކަމަށާއި ، ފުރަތަމަ ޝީޝާބާއަށް ވަދެ އެތަނުން 3 މީހުން ގަޔަށް ހަމަލާ ދިނުމަށްފަހު އެރީނާ ބާ އެންޑް ކެފޭއަށް ގޮސް އެތަނުން 5 މީހުން މަރާލީކަމަށް ރިޕޯރޓް ކޮށްފައިވެއެވެ.
މިހަމާލާތަށް ދީފައިވާ ސަބަބަކާ ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ޖަރުމަނުގެ ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން ޖަރުމަނުގެ މިސްކިތްތަކަށް ހަމަލާދީ މަދަނީ ހަނގުރާމައެއް ފެށުމުގެ މަސައްކަތް ކުރަމުން އައި 12 މީހަކު ވަނީ މީގެ 2 ދުވަސް ކުރިން ޖަރުމަނު ފުލުހުން ހައްޔަރު ކޮށްފައެވެ.