ސޮނީ ގެ ފަރާތުން މާލޭގައި، ދުނިޔޭގެ މަޝްހޫރު ހެދުން ވިއްކާ ބްރޭންޑެއް ކަމަށްވާ "މެންގޯ" ގެ ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.
"މެންގޯ ވިމަން" ގެ ނަމުގައި ހުޅުވަން ހަމަޖެހިފައިވާ މި ފިހާރަ 25 ފެބްރުއަރީގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސޮނީ ސްޕޯރޓްސް ގެ ޖެނެރަލް މެނޭޖަރ މައުމޫން އަބްދުއްﷲ ވިދާޅުވިއެވެ.
މިފިހާރަ ހުންނާނީ މަޖީދީމަގު ގައި ކުރިން " ސޮނީ ހާރޑްވެއަރ ޕްރޮފެޝަނަލް " ހުރި އިމާރާތުގަ ކަމަށާއި ފުރަތަމަ މިފިހާރައިން ވިއްކަން ހަމަޖެހިފައިވަނީ އަންހެން ބޭކަނބަލުންނަށް ހާއްސަ ހެދުން ކަމުގައި މައުލޫމާތު ލިބެއެވެ.
ރަނގަޅު އަގުތަކެއްގައި އަންހެން ބޭކަނބަލުންގެ ހުރިޙާ ބާވަތެއްގެ ހެދުން މިތަނުން ލިބެން ހުންނާނެކަމަށް ވެއެވެ.
މެންގޯ އަކީ 1984 ވަނަ އަހަރު އުފައްދާފައިވާ ސްޕެނިޝް ބްރޭންޑެކެވެ. ސޮނީ އަކީ ރާއްޖޭގަ ލިވައިސް އަދި ބައެއް ކުޅިވަރު ބްރޭންޑްތަށް ހިމެނޭ ގޮތަށް އެކި އިންޓަރނޭޝަނަލް ބްރޭންޑްތައް ތަޢާރަފްކޮށްދީފައިވާ ކުންފުންޏެކެވެ.