މާލޭގައި މިއަދު ހިނގި އެކްސިޑެންތެއްގައި ސީރިއަސް އަނިޔާ ތަކެއް ލިބުނު ޒުވާނަކަށް އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށް ކަމުގައ ފުލުހުން ދިވާޅުވިއެވެ. މެންދުރު ފަހު 3:30 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ދަރުބާރުގެ އާއި މޫންލައިޓު ހިނގުން ގުޅުނު ކަންމަތިން، އެޒުވާނާ ސައިކަލުގަ ދަނިކޮށް، ސައިކަލް ކަހާލައިގެން ވެޓިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހޮސޕިޓަލަސް ގެންދެވުނު އިރުވެސް އެޒުވާނާ ވަނީ ހޭނެތިފަ ކަމަށާއި، އެކިވަރުގެ އަނިޔާ އޭނާއަށް ލިބިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ސައިކަލްދުއްވަން އިން ޒުވާނާ އަތުގައި ލައިސެންސް ނެތްކަމަށާއި ފުލުހުން އަންނަނީ މިހާރު މިމައްސަލަ ތަހުގީގު ކުރަމުންކަމުގައި ފުލުހުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *