19 އަހަރުން ދަށުގެ ރާއްޖޭގެ، ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާސެނަލަށް ކުރިން ކުޅުނު ލެޓްވިއާގެ އީގޯ ސްޓެފަނޯސް ހަމަޖައްސައިފިއެވެ.

ޤައުމީ ޓީމުގެ ކޯޗަކަށް އީގޯ ހަމަޖެއްސީ ބުދަ ދުވަހު،  އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޒުވާން  ޤައުމީޓީމާއި  ހަވާލުވި ލެޓްވިއާގެ އީގޯ އަކީ،  އާސެނަލުން 2003 ވަނަ އަހަރު މެޗަކުން ބަލިނުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ މެމްބަރެކެވެ.

އީގޯ ބުނީ ރާއްޖޭގެ ޒުވާން ޓީމާ ހަވާލުވީ ފައިސާގެ ސަބަބުން ނޫންކަމަށެވެ. ހަމަ އެހެންމެ މި ޓީމުގައި ކުރަން އޮތް މަސައްކަތަކީ އޭނާ ޝައުގުވެރިވާ މަސައްކަތެއް ކަމަށާއި، މިއީ ދުރުރާސްތާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ، ޒުވާން ޓީމަށް ބިދޭސީ ކޯޗެއް ގެނައުމުގެ އެއް ބޭނުމަކީ، ޔޫރަޕްގެ ތަޖުރިބާކާރު ކޯޗެއްގެ ފަރާތުން ރާއްޖޭގެ ކުޅުންތެރިންނަށް، ތަމްރީންތަކުގައި އައު ރަހައެއް ގެނެސްދިނުމާއި، އަދި ރާއްޖޭގެ ލޯކަލް ކޯޗުންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުންކަމަށާއި، މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން 16 އަހަރުން ދަށުގެ ޓީމަށް ވެސް ބޭރުގެ ކޯޗެއް ގެނައުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. 

19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗަކަށް އީގޯ ހަމަޖެއްސިއިރު، މިއީ ޒުވާން ޓީމާ ބިދޭސީ ކޯޗަކު ހަވާލުވި ފުރަތަމަ ފަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *