ހަށިގަނޑުމައްޗަށް ލުއިކޮށްލަން މަގުމަތީ ދުވެލެން ކަމުގައި ވިޔަސް ، ނުވަތަ މެރަތަން އެއްގައި ދުވެލަން ވިޔަސް ، ނޫންނަމަ ކުޑަކޮށް ކަސްރަތު ކޮށްލަން ގޭދޮށުގައި ހިނގާލަން ވިޔަސް ބޭނުން ކުރަންވާނި ފަޔަށް ފަސޭހަ ، ދުވުމަށް ހާއްސަކޮށްގެން ތައްޔާރު ކޮށްފަ ހުންނަ ބޫޓުތަކެވެ.

މޭރީކްލެއަރ ގެ އެޑިޓަރ މިވަނީ 2020 ވަނަ އަހަރުގެ ، ދުވުމަށް ބޭނުންކުރަން އެންމެ ހާއްސަ ބޫޓުތައް އަމިއްލަ އަށް އިންސާފުކުރެއްވުމަށްފަހު، އާންމުކޮށްފައެވެ.

ދަ ވެޖަރ ކޮންޑޯ


މިއީ ފްރާންސްގެ ކޫލް ގާރލް ސްނީކާގެ ބްރޭން ވެޖާ އިން ދުވުމަށް ހާއްސަކޮށްގެން އުފެއްދި އެންމެ ފުރަތަމަ ބޫޓެވެ. މި ބޫޓު ތައްޔާރު ކުރުން ބޭނުންކުރެވިފައިވާ އެއްޗެހީގެ %53 އަކީ ގަސްގަހާގެހިން އަދި އުކާލެވޭ ކުނިން އިޔާދަ ކޮށްފައިވާ އެއްޗެއްސެވެ. މިއީ ފަޔަށް ލުއި އަރައިގެން އުޅެން ފަސޭހަ އަދި ބާރަށް ދުވެލަން ފަސޭހަ ބޫޓެކެވެ. ބްރެޒިލްގައި އުފައްދާ މި ބޫޓެކެވެ.

ދަ ރީބޮކް ފޮރެވާ ފްލޯޓްރައިޑް އެނާރޖީ

މިބޫޓަށް އަރައިގެން ދުވެލުމުން ދެފަޔަސް ވަރަށް ބޮޑަށް ލުއިކަން އިހުސާސް ކުރެވެއެވެ. ބޫޓަށް ނާރާ ހުންނަ ކަހަލަ އިހުސާސެއް މީގެން ކުރުވައެވެ. އެހާވެސް ފަޔަށް ލުއި ބޫޓެކެވެ. ފައިގެ އިނގިލިތައް ތަންކޮޅެއް ފުޅާކޮށް ހުންނަ މީހުންނަށް މިބޫޓުގެ ކޮޅު ގައި ޖާގަ ބޮޑުވުމުން ފަސޭހަވާނެއެވެ. ބޫޓުގެ އެތެރެ ވަރަށް މަޑުކޮސްހުރެފައި މަތީގައި ކޮންމެސް ވަރަކަށް ވައިބޭރުވާނެ ފަދަ ޖާގަ ހުރުމުން ދާހިތްލާގޮތް ކުޑަކޮށްދެއެވެ.

ދަ އެސިކްސް ގްލައިޑްރައިޑް

މީގެ ބޫޓަކީ ގިނަ އިރުން ދުވުމަށް އަރައިގެން ދުވަން ފަސޭހަ ބޫޓެކެވެ. ޔޫޓާގެ ބޮނޭވިލް ސޯލްޓްސް ގައި އަންހެނަކު މީގެ ބޫޓަކަށް އަރައިގެން ވަނީ 4 ގަޑިއިރު ދުވެފައެވެ. ބޫޓުގެ އެތެރެ މަޑުވެފައި ފަޔަށް ލުއިކަން އިހުސާސް ކޮށްދޭ މި ބޫޓަކީ ބާރަަށް ދުވުމަށާއި ގިނައިރު އަރައިގެން އުޅެން ކަމުދާ ބޫޓެކެވެ.

ދަ ބްރޫކްސް ގޯސްޓް 12

ބްރޫކްސް ގެ ބޫޓު ތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ކަމުދާނެ ޑިޒައިނެކެވެ.މިބޫޓުގެ އެތެރެއަށް ވަނީ ވަރަށް ބޮޑަށް ސްޕޮންޖު ލައްވާފައެވެ. މިބޫޓް ތައްޔާރު ކޮށްފައިވަނީ ކޮޅަށް ހިމަނުކޮށް ތަންކޮޅެއް ފުޅާކޮށް ބޫޓުގެ ފުންނާބު "ބައުންސް" ވާގޮތަށެވެ.މިބޫޓުގައި ކިތަންމެ މަޑުން ހިނގިކަމުގައިވިޔަސް ބާރަށް ހިނގުމުގެ އިހުސާސް ކޮށްދެއެވެ.

ދަ އަޑިޑާސް އަލްޓްރާ ބޫސްޓް 19

މިބޫޓަށް އަރާލުމަކީ އިސްޓާކީނަކަށް އަރާލުންހާ ފަސޭހަކަމެއްކަމަށް މިބޫޓުގެ އަޖުމަބަލައިލެއްވި ބައެއްފަރާތްތަކުން ހާމަކުރެއެވެ. ވޫލުން ވިޔެފަ މަތި ދަމާލެވޭހެން ތައްޔާރު ކޮށްފައިވާ މިބޫޓުން ފައިގެ ލެނބުންތަކާ ހަރަކާތްތައް ފަސޭހަ ކޮށްދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.