އުމުރުން 53 އަަހަރުގެ ޑޮގްމަރ ޓަރނަރގެ ސިކުޑީގައި އުފެދިފައިވާ ޓިއުމަރ އެއް ނެގުމަށް ކުރެވުނު ސަރޖަރީގެ ކުރިއަށް ދިޔަ ވަގުތު ވައަލިން އިން މިއުޒިކް ކުޅުމަށް މެޑިކަލް ޓީމުން ބުނެފިއެވެ.

ލަންޑަންގެ ކިންގްސް ކޮލެޖް ހޮސްޕިޓަލުގައި ކުރެވުނު މި ސަރޖަރީގެ ތެރެއިން ބަލިމީހާގާތު ވައަލިން ކުޅުމަށް ލަފާދީފައިވަނީ "މިލިމީޓަރ-ޕްރިސައިޒް"ސަރޖަރީ އަކަށްވެފައި، އަތުގެ އެންމެ ނާޒުކު ހަރަކާތްތައް ކޮންޓްރޯލް ކޮށްދޭ ސިކުޑީގެ ބަޔަށް ގެއްލުން ވިޔަނުދިނުމަށް ޓަކައެވެ،

2013 ވަނަ އަހަރު ބްރެއިން ޓިއުމަރެއް ސިކުޑީގައި ވާކަން ހޯދިފައިވާ މިސް ޓަރނަރ އަކީ އައިލް ވިޓް ސިންފަނީ އޯކެސްޓްރާގެ މެމްބަރެކެވެ. އޭނާ ވަނީ އޮޕަރޭޝަނަށް ފަހު، ވައަލިން ނުކުޅެވިދާނެތީ ވަރަށް ކަންބޮޑުވާކަމަށް ބުނެފައެވެ.

ޓަރނަރ ގެ ސިކުނޑީގައި ޓިއުމަރ އިނީ "ފްރަންޓަލް ލޯބް" ގެ ކަނާތް ފަރާތުގައި ކަމަށްވެފައި އެހިސާބަކީ ވާތުގެ ހަރަކާތްތަށް ކޮންޓްރޯލް ކޮށްދޭ ނާރު ތަކާ ކައިރި ހިސާބެކެވެ. އެހެންކަމުން ހޮސްޕިޓަލްގެ ގެ ނިއުރޯ ސަރޖަން، ޕްރޮފެސަރ ކެޔޫމާސް އަކްޝަން ވަނީ މިސް ޓަރނަރ ގެ މިއުޒިކް ކުޅުމުގެ ހުނަރު ސަލާމަތް ކުރަން ބެނުންވާވަރު ދެނެގަނެފައެވެ.

މި އޮަޕަރޭޝަން ފެށުމުހެ ކުރިން ވައަލިން ކުޅެމުންދާ ވަގުތު ސިކުނޑީގަ މަސައްކަތް ކުރަމުންދާ ހިސާބުތަށް ދެނެގަނެ "މެޕިންގ" ހެދުމަށް ވަނީ 2 ގަޑިއިރު ހޭދަވެފައެވެ.

ސަރޖަރީ ކުރުމަށް ޑަކްޓަރުންގެ ޓީމު މިސް ޓަރނަރ ގެ ސިކުނޑި ހުޅުވުމަށް ބޮލުގެ ނާށިގަނޑު ކަފާލުމަށްފަހު އޮޕަރޭޝަން ކުރަމުން ދިޔައިރު އޭނާ ވަނި ވަރަށް އުނދަގޫ ނޯޓުތަކެއް ވައަލިން އިން ކުޅެފައެވެ. ޑޯކްޓަރުން މައުލޫމާތު ދިންގޮތުގައި މި ޓިއުމަރގެ 90 ޕަރސަންޓު އަދި ޓިއުމާ އިތުރަށް އުފެދިދާނެކަމަށް ބެލެވޭ ހިސާބުތައް ވަނީ ކާމިޔާބުކަމާ އެކު ނެގިފައެވެ. އަދި މިހާރު މިސް ޓަރނަގެ ވާތުގެ ހަރަކާތްތައް ވަނީ ފުރިހަމައަށް ލިބިފައެވެ.

  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *