ރައީސް ނަޝީދު އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބެނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކުރައްވައިގެން ކަވަރު ކުރަމުން ދާކަމަށް އޭސީސީ އަށް ހުށައެޅި މައްސަލާގައި މަޖިލީހުގެ އިދާރާ އަށް 444 ރުފިޔާ ދެއްކުމަަށް ރައީސް ނަޝީދަށް އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އަންގައިފިއެވެ.

އޭސީސީ އިން ބުނެފައިވާގޮތުގައި ގއ.ވިލިގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު ފުވަމުލަށް އަދި އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، ބައިވެރިވި، ރައީސް ނަޝީދުގެ ހަށިފާރަވެރިންނާއި އަދި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމަށް ޓިކެޓެއް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަހާސިންތާ ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު އެންގުމަށް މަޖިލީހުގެ އިދާރާ އަށްވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.