ކަނޑިހެރަ މަންޓާ ޕޮއިންޓް އަށް ފީނަން ގޮސް އުޅުނު އުމުރުން 57 އަހަރުގެ ފިރިހިހެން ފަތުރުވެރިއަކު ޑީކޯވެގެން އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއްގައި މާލެ ގެންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. ޑީކޯވި ފަތުރުވެރިޔާ މިއަދު 11:15 ކަންހާއިރު ހެލިކޮޕްޓަރުގައި މާލެ ގެންނާނެ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ސަރުކާރުން މިހާރު އަންނަނީ ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރެއް އައްޑޫ ސިޓީގައި ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޑީކޯވާ މީހުންނަށް މިވަގުތު ފަރުވާ ދެމުންދަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ހުންނަ ޗެމްބަރ ތައް ބޭނުންކޮށްގެންނެވެ.